ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ށ.ގޮއިދޫ ހިނަވާގެ ޢިމާރާތްކުރުން

މިއޮތޯރިޓީގެ 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމަނާފައިވާ ށ. ގޮއިދޫ ހިނަވާގެ ޢިމާރާތްކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ށ. ގޮއިދޫ ހިނަވާގެ ޢިމާރާތްކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

7 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015
ހޯދާ