މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޓްރެއިނިންގ އެންޑް އެކްސްޓެންޝަން މެނުއަލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ޓްރެއިނިންގ އެންޑް އެކްސްޓެންޝަން މެނުއަލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި މިމިނިސްޓްރީން ހިންގަމުންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ ދަށުން ދަނޑުވެރިކަމާ ގުޅޭ ފަންނީ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާތީ، މިތަމްރީނުތައް ހިންގުމަށް ބޭނުންވާ ޓްރެއިނިންގ އެންޑް އެކްސްޓެންޝަން މެނުއަލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް 26 ޖަނަވަރީ 2015ގައި ކުރި އިޢުލާން (IUL) 30-G/1/2015/03) އަށް އެކަށީގެންވާވަރަށް ބޭފުޅުން ކުރިމަތިލާފައިނުވާތީ، މިމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތުގެ ތަފުސީލު "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މިމިނިސްޓްރީގެ ނަންބަރު 3341836 އަށް ގުޅުއްވައިގެން ނުވަތަ އީމެއިލް އެޑްރެހަށް އީމެއިލް ކުރުމުން [email protected] ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ޓީ.އޯ.އާރު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ، ފަރާތްތަކުން 03 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް މެރިން ރިސަރޗް ސެންޓަރުގައި ހުންނަ މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާއިރު ތިރީގައި މިދަންނަވާ މަޢުލޫމާތާއެކު ހުށަހެޅުއްވުން އެދެމެވެ.

  1. މަސައްކަތުގެ ތަޖުރިބާ
  2. މަސައްކަތް ކުރިއަށް ގެންދާނެގޮތުގެ ތަފުސީލު
  3. މަސައްކަތުގައި ބައިވެރިވާ ބޭފުޅުންގެ ވަނަވަރު
  4. މަސައްކަތުގެ ޚަރަދުގެ ތަފުސީލު

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

07 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015
ހޯދާ