ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ތަޢުލީމާއި ތަމްރީނު އުނގެނުމުގެ ފުރުޞަތު

ކޯހުގެ ނަން: އަންޑަރގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމް

ޖާގައިގެ އަދަދު: 02 ޖާގަ

ކޯސް ހިންގާ ފަރާތާއި ޤައުމު: ޓަރކިޝް ނެޝަނަލް ޕޮލިސް އެކަޑަމީ / ތުރުކިޔޭ

ކޯހުގެ މުއްދަތު: 05 އަހަރު ދުވަސް

ކޯސް ފެށޭ ތާރީޚް: ސެޕްޓެމްބަރ 2023

ޝަރުތު:

ޖީ.ސީ.އީ އޭ ލެވެލް ފުރިހަމަކޮށްފައިވުން؛ ނުވަތަ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން؛ ނުވަތަ އެހެން ދާއިރާއަކުން ޤައުމީ ސަނަދު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން ޤަބޫލުކުރާ ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.

2002 ޖަނަވަރީ 01 ގެ ފަހުން އުފަންވެފައިވާ މީހެއް ކަމުގައިވުން.

- ދުޅަހެޔޮ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން. 

- 2023 ސެޕްޓެމްބަރ މަހު ފުރޭގޮތަށް މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތް މީހެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ.

- ވަނަވަރު އަންގައިދޭ ލިޔުން / ސީ.ވީ.

- އެޓެސްޓްކުރެވިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ.

- މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ކޮޕީ.

- މުއްދަތު ހަމަނުވާ ޕާސްޕޯރޓް ކޮޕީ. (2023 ސެޕްޓެމްބަރ މަހުގައި ފުރޭގޮތަށް މުއްދަތު ހަމަނުވާ ޕާސްޕޯރޓްކޮޕީ އަކަށް ވާންޖެހޭނެއެވެ).

- ޑިޖިޓަލް ޕާސްޕޯޓް ސައިޒް ފޮޓޯ.

އިތުރު މަޢުލޫމާތު:

- މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތަކީ ފުލުހުންގެ ވަޒީފާ ދިނުމަށްފަހު ދެވިގެން ދާނެ ފުރުޞަތަކަށް ވާތީ، މަތީގައި ދެންނެވިފައިވާ ޝަރުތުތަކުގެ އިތުރުން، މިކޯހަށް ހޮވޭ ފަރާތްތަކަކީ ފުލުހުންގެ ޒިންމާތައް އަދި ވަޒީފާ އަދާކުރުމަށްޓަކައި، 34/2020 "ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު" ގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ރެކްރޫޓްކުރެވޭ ފުލުހުންގެ ޢާންމު ޝަރުތު ފުރިހަމަވާ މީހަކަށް ވާންޖެހޭނެއެވެ. އަދި ކޯހަށް ހޮވިއްޖެނަމަ، ފުލުހުންގެ ވަޒީފާއަށް ރެކްރޫޓް ކުރުމުގެ އިންތިޒާމްތައް، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރިޔަށްގެންދެވޭނެއެވެ.

- މި ކޯހަށް ހޮވޭ ފަރާތްތަކަށް ހާއްސަ މެޑިކަލް ޓެސްޓެއް ހިންގޭނެއެވެ.

ސުންގަޑި: 

މި ކޯހަށް އެދި ހުށަހަޅާ ފަރާތްތަކުން، މަތީގައި ދެންނެވިފައިވާ ލިޔެކިޔުންތައް 2023 ސެޕްޓެމްބަރ 06 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

18 ޞަފަރު 1445

03 ސެޕްޓެމްބަރ 2023

03 ސެޕްޓެންބަރު 2023
ހޯދާ