މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
"އިންޑިއަން އޯޝަން އައިލެންޑް ގޭމްސް2023 " ގައި ރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަ ކުރުމާ ގުޅޭ

                                   އިޢުލާން

 

"އިންޑިއަން އޯޝަން އައިލެންޑް ގޭމްސް2023 " ގައި ރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަ ކުރުމާ ގުޅޭ

 

މިއަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު 5 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ.

މި ރަސްމިއްޔާތުގައި ކުޅުންތެރިންނަށް މަރުހަބާކިއުމުގެ ގޮތުން ވީހާވެސް ގިނަ ބޭފުޅުން ގައުމީ ކުޅިވަރު ހެދުމެއްގައި 5 ސެޕްޓެމްބަރ 2023 ރޭ 8:45 ގައި ޖުމްހޫރީ މައިދާނަށް ވަޑައިގަތުމަކީ މިމިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ. މި ރަސްމިއްޔާތުގައި ހަވާއެރުވުން އޮންނާނެ ވާހަކަވެސް ދެންނެވީމެވެ.

03 ސެޕްޓެންބަރު 2023
ހޯދާ