މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިހާދޫ ކައުންސިލް ޕްރީސްކޫލްގައި ހުރި ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ހާދޫ ކައުންސިލްގެ ޕްރީސްކޫލް އިމާރާތުގައި ހުރި ތިރީގައި މި ދަންނަވާ މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.

  1. 24000 ބީ.ޓީ.ޔޫ ގެ 2 އެއާކޯން ފުލް ސާވިސްކުރުން.
  2. 18000 ބީ.ޓީ.ޔޫ ގެ އެއާކޯނެއް އިންސްޓޯލް ކުރުން (އެއާކޯން ކައުންސިލުން ފޯރުކޮށްދޭނެ)
  3. 2 ސޮކެޓް ހަރުކުރުން.

                  ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2023 ސެޕްޓެމްބަރ 06 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން މަސައްކަތް ކޮށްދެވޭނެ އަގު (ކޯޓޭޝަން) މި އިދާރާއަށް ހުށަހެޅުން އެދެމެވެ. އަދި ކޮޓޭޝަން ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ކޮޓޭޝަނާއެކު ހުށަހަޅަންވާނެއެވެ. އަދި މަސައްކަތް ނިންމޭނެ މުއްދަތު ކޮޓޭޝަންގައި ހިމަނަށްވާނެއެވެ.

                  މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6600053 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.     

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 ސެޕްޓެންބަރު 2023
ހޯދާ