އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އއ. ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރާއި ބެކްޑްރޮޕް ހެދުމާއި ގުޅޭ

އއ.ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރާއި ބެކްޑްރޮޕް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 11 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:00ގައި އއ.ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް  ޙާޟިރުނުވާ ފަރާތްތަކަށް، ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދެންނެވީމެވެ.

މި މަސައްކަތާއި ގުޅިގެން ބިޑްހުށަހެޅުން 14 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި، އއ.ތޮއްޑޫ މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެއެވެ. އަދި ބިޑް ހުށަހެޅުމުގެ ބައްދަލަވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.                                                                                     

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 6660043 އަށް ގުޅުއްވައިގެން ނުވަތަ އީ-މެއިލް [email protected]  އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

      18 ޞަފަރް  1445

03 ސެޕްޓެންބަރު 2023
ހޯދާ