ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައުވެފައިވާ ހުރި ތަކެތި ނީލަމުގައި ވިއްކާލުން

ނީލަން ކިޔުން

މި ކުންފުނީގައި ހުރި ބައުވެފައިވާ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

ތަކެތީގެ ތަފްޞީލް:

ބައު ދަގަނޑު ޑީސަލް ސްޓޯރޭޖް ޓޭންކް (ޓޭންކް ރޫޅާލުމަށްފަހު ގެންދިއުން)

ނީލަން ފެށޭ އަގު:

2.00ރ (ދެ ރުފިޔާ) - ކިލޯއަކަށް

ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު:

1.00ރ (އެއް ރުފިޔާ) - ކިލޯއަކަށް

މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުން:

2023 ސެޕްޓެމްބަރ 04 ވާ ހޯމަ ދުވަހުގެ 11:30 ގައި

އަގު ހުށަހަޅާނެ ތާރީޚް:

2023 ސެޕްޓެމްބަރ 06 ވާ ބުދަ ދުވަހުގެ 11:30 ގައި

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

ހުށަހަޅުއްވާ އެންމެމަތީ އަގާއި، ދ.ރ.އ. ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު، ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ.

ތަކެތި ހުރި ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް/މާލެ އަދި ހުޅުމާލެ ޕަވަރހައުސް ގޯތިތެރެ

އަގު ހުށަހަޅާނެ ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް/ހެޑް އޮފީސް

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯނު ނަންބަރު: 3338150 / 7325332 އަށެވެ.

 

ނޯޓް:

މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިދެވޭނީ، މި އިޢުލާނުގައި މަޢުލޫމަތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

 
31 އޮގަސްޓް 2023
ހޯދާ