މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ފުޅަދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން

`

 

މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ

ބ. ފުޅަދޫ ، ދިވެހިރާއްޖެ.

Secretariat of the Fulhadhoo Council, South Maalhosmadulu

Ba. Fulhadhoo, Republic of Maldives

     ނަންބަރު:323/323/2023/27(IUL)

އިޢުލާނު

 ބ. ފުޅަދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ 

ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން މިރަށުން، ދޫކުރުމަށް ހަމަޖެހިފައިވާ، 2000 އަކަފޫޓްގެ 40 ބަންޑާރަ ގޯއްޗަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް، "ބ. ފުޅަދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް-2023" އާއި އެއްގޮތަށް، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

ވީމާ، މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާ އުޞޫލުގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުމަށް ފަހު، ފޯރމްގެ އަޞްލު، 2023 އޮކްޓޫބަރު 24 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2023  ސެޕްޓެންބަރު 03 ވާ އާދީއްތަ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 13:00 ގެ ނިޔަލަށް ކައުންސިލް އިދާރާގައެވެ. އަދި މި ފޯމު ކައުންސިލް އިދާރާ އިން ލިބެން ހުންނާނެއެވެ. ފޯމު ފުރިހަމަކުރާއިރު، ފޯމުގައިވާ ނުކުތާތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ކަޅު ނުވަތަ ނޫ ކުލައިގެ ދެލި ނުފޭދޭ ގަލަމަކުން ސާފުކޮށް ކިޔަން އެނގޭގޮތަށް ފޯމު ފުރުއްވުމަށް ދަންނަވަމެވެ.

ބ. ފުޅަދޫން ދޫކުރުމަށް ހަމަޖެހިފައިވާ 40 ބަންޑާރަ ގޯތި ދޫކުރުމުގެ ކަންކަން އިވޭލުއޭޓް ކުރުމަށް އެކުލަވާލެވިފައިވާ "ވިލަރެސް ކޮމިޓީ" ގައި ހިމެނިވަޑައިގަންނަވާ 09 (ނުވައެއް) މެމްބަރުންގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

#

ނަމާއި އެޑްރެސް

ތަމްޘީލްކުރާ ދާއިރާ

1

ޢަލީ އަޒުހަރު، ހަނިފަރު / ބ. ފުޅަދޫ

ފުޅަދޫ ކައުންސިލްގެ ރައީސް (ކައުންސިލަރުންގެ ތެރެއިން)

2

އަޙްމަދު ޢާޞިފް، އައްސޭރި / ބ. ފުޅަދޫ

ފުޅަދޫ ކައުންސިލަރ (ކައުންސިލަރުންގެ ތެރެއިން)

3

ޢަބްދުލްމަޖީދު ޙުސައިން، ވިނަރެސް / ބ. ތުޅާދޫ

ކައުންސިލް އެގްޒެކެޓިވް (އިދާރީ ވެރިންގެ ތެރެއިން)

4

އަޙްމަދު އަޝްރަފް، ހާވިލާ / ބ. ފުޅަދޫ

ޕްރިންސިޕަލް / ފުޅަދޫ ސްކޫލް  (ދައުލަތުގެ އެކި މުވައްސަސާތަކުން)

5

މުޙައްމަދު ޝާނީޒް، ނިއުސްޓަރ / ބ. ފުޅަދޫ

ފެނަކަ ފުޅަދޫ ބްރާންޗް (ދައުލަތުގެ އެކި މުވައްސަސާތަކުން)

6

ޢަލީ އަމްޖަދު، ހާވިލާ / ބ. ފުޅަދޫ

ފުޅަދޫ ހެލްތު ޕޯސްޓް (ދައުލަތުގެ އެކި މުވައްސަސާތަކުން)

7

ޢާއިޝަތު ރަޖުނީ، ސޫރަޖްވިލާ / ބ. ފުޅަދޫ

ޑަބްލިޔޫ. ޑީ. ސީ (ދައުލަތުގެ އެކި މުވައްސަސާތަކުން)

8

ފާޠިމަތު ރީނާ، ވެސްޓްސައިޓް / ބ. ފުޅަދޫ

ފުޅަދޫ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ (ޖަމްޢިއްޔާ / ޖަމާޢަތްތަކުގެ ފަރާތުން)

9

މުޙައްމަދު މަޢުރޫފް، ލިލީމާގެ / ބ. ފުޅަދޫ

ޢާއްމުންގެ ތެރެއިން 

 

 

 

 

 

 

 

 

 

 

 

 

 

 މިބުރު ދޫކުރުމަށް ހަމަޖެހިފައިވާ 40 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދު އެގޭނެ ބޮލޮކް ޗާޓު، މި އިޢުލާނާއިއެކު ޢާއްމުކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

31 އޮގަސްޓް 2023

31 އޮގަސްޓް 2023
ހޯދާ