ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: އޮފިސް ކްލަރކް

ވަޒީފާގެ ފުރުސަތު: އޮފިސް ކްލަރކް

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.

މަޤާމު

އޮފިސް ކްލަރކް

ބޭނުންވާ އަދަދު

01

ކުރިމަތިލުމުގެ  ސުނަގަޑި

07 ސެޕްޓެމްބަރ 2023 ބުރާސްފަތި ދުވަހުގެ 16:00

ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ އޮންލައިން ފޯމް ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.

https://forms.gle/ZeDk7rySXrtn85T1A

ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:

ވަޒީފާއަށް އެދޭ ފޯމު

  1. ސީވީ 
  2. މުއްދަތު ހަމަނުވާ އައިޑީ ކާރޑް ކޮޕީ
  3. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
  4. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 16:00 އާ ދެމެދު މި ކޯޕަރޭޝަންގެ ނަންބަރު 7318778 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.

31 އޮގަސްޓް 2023
ހޯދާ