މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ސައުތު ވެސްޓް ހާބަރ ސަރަހައްދުގައި ހުރި “Powerup Fuel Additive Barrels” ނީލަން ކިއުމާއި ގުޅޭ.

         މާލޭ ސައުތު ވެސްޓް ހާބަރ/ ޓީ-ޖެޓީ އޭ ޒޯންގައި ޙަވާލުވާނެ ފަރާތެއްނެތި ގިނަ ދުވަސްތަކެއް ވެފައިވާ 3 “Powerup Fuel Additive Barrels” ހުރުމާއިއެކު މިތަކެތި ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  • ނީލަންފެށޭ އަގު: ބެރެލްއެއް -/2000 ( ދެ ހާސް ރުފިޔާ)
  • ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ސެޕްޓެމްބަރ 04 ވާ ހޯމަ ދުވަހުގެ 14:00 އަށް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން) މާލެ ސައުތުވެސްޓް ހާބަރަށް ވަޑައިގެންނެވެން އެދެމެވެ.
  • ނީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން މާލެ ސައުތުވެސްޓް ހާބަރގެ ފައިނެންސް ޑިޕާޓްމަންޓަށް ވަގުތުން ފައިސާ ދައްކަވަންވާނެވެ.
  • ނީލަމާއި ބެހޭގޮތުން އިތުރު މައުލޫމާތް ބޭނުންފުޅުވާނަމަ މާލެ ސައުތުވެސްޓް ހާބަރގެ: 3039642، 7840588 މިނަމްބަރތަކަށް ގުޅުއްވުމުން މައުލޫމާތު ލިބޭނެވެ. 

 

       

31 އޮގަސްޓް 2023
ހޯދާ