ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ސިނާޢީ ސަރަޙައްދު 4 ނަންބަރު ބިން ކުއްޔަށް ދޫކުރުން

  • ރަތަފަންދޫ ސިނާޢީ ސަރަޙައްދު 4 ނަންބަރުބިން ކުއްޔަށް ދޫކުރުން.

ރަތަފަންދޫ ސިނާޢީ ސަރަހައްދުގެ 4 ނަންބަރުބިން މިހާރު އެބިމުގައި ހުރި ޢިމާރާތްތަކާއެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީބޭނުންވެފައެވެ.

ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 މާރިޗު 2015 ދުވަހުގެ މެންދުރުފަހުގެ 2:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލުގެ އިދާރާގެ ނަންބަރު: 6840016 ފޯނާ ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

#

ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ދުކުރެވޭ އެންމެ ކުޑަކުލި (މަހަކު)

1

ސިނާޢި ސަރަޙައްދު 4 ނަންބަރު ބިން މިހާރު ތަނުގައި ހުރި ޢިމާރާތްތަކާއެކު  

4000 އަކަފޫޓު

-/400 ރުފިޔާ

ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފުސީލު

1 ޢމާރާތް 25x26 ފޫޓުގެ (ޢިމާރާތުގެ އެތެރޭގައި 3 ކޮޓަރިއާއި 9x25 ފޫޓުގެ ފެންޑާއަކާއެކު) ރުއްވަކަރުން މަތިވަޑާން އަރުވައި ލައިޝާރޓް ޓިނުން ހިޔާކޮށްފައި .

1 ކޮޓަރި 9x16 ފޫޓުގެ އެތެރޭގައި ސިމެންތިޖަހައި ތަޅުމުގައި މުށިޖަހާފައި ރެއިންބޯ ދޮރުފަތެއް ހަރުކޮށްފައި. ( ކޮޓަރީގެ ތެރޭގައި ½x5ފ½4 ފޫޓުގެ ފާޚާނާއަކާއެކު )  .

2 ކޮޓަރި 9x16 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުންއަޅައި ރެއިންބޯ ދޮރުފަތެއް ހަރުކޮށްފައި .

3 ކޮޓަރި 8x16 ފޫޓުގެ އެތެރޭގައި ސިމެންތިޖަހައި ތަޅުންއަޅައި ރެއިންބޯ ދޮރުފަތެއް ހަރުކޮށްފައި .

2 ޓޭންކް 4x5  ފޫޓުގެ އެތެރޭގައި މުށިޖަހާފައި ފަޅައިގެންގޮސް ހަލާކުވެފައި .

1 ޓޭންކް 4x4 ފޫޓުގެ މަސްދޮންނަން ބޭނުންކުރި އެތެރޭގައި މުށިޖަހާފައި .

1 ދުމަށި މަސްހިއްކަން ބޭނުންކުރި 4x20 ފޫޓުގެ ދަގަނޑުނެތް .

1 ފެންވަޅު 3.5 ފޫޓު ޑައިމީޓަރުގެ .

އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބިން ތަރައްޤީ ކުރުމަށް ގަސްތު ކޮށްފައިވާގޮތް ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި ، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހަޅުއްވަންވާނެއެވެ.

  • އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭ ނެކަންތައްތައް .

1 – ލުއި ކާނާގެ ބާވަތްތަކުގެ ކާބޯތަކެތި އުފައްދައި ބަންދު ކުރުމުގެ މަސައްކަތް .

  • އިޖުތިމާޢީގޮތުން ވެދެވޭ ޢިނާޔަތް

1- އިޖުތިމާޢީގޮތުން 4 ނަންބަރު ބިމަށް ދެވޭ ޢިނާޔަތް މަހަކު -/1500 ރ އަށްވުރެ ކުޑަވެގެންނުވާނެއެވެ.   

  • ބިން ތަރައްގީކުރުން

1- މިބިން ތަރައްޤީ ކުރުމަށް މިބިމުގެ ވަށާ އިންފާރު 1 ފޫޓު އުސްމިނަށް ރޭނުން .

   4 ނަންބަރު ބިމުގެ ވަށާއިންފާރު 18 މަސްދުވަހުގެ ތެރޭގައި ރާނައި ނިންމަންޖެހޭނެއެވެ.  

  • ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން

ބިން ކުއްޔަށް ހިފާ ފަރާތުން ކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކޮށްލާނަމަ 1 އަހަރު ދުވަހުގެ ކުއްޔާއި އެއަހަރު އިޖުތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް އެއްބަސްވެފައިވާ ފައިސާ ދައްކަންޖެހޭނެއެވެ.   

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  • ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ
  • ކޮމްޕެނީ ޕްރޮފައިލް

މިއިދާރާއިން ބަލާނެ ކަންތައްތައް

1- ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟

މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ހުށަހަޅަ މަހުކުއްޔަށް

50%

  • ހުށަހަޅާ މަހުކުއްޔަށް ދެވޭ މާކްސް
  • މިމާރކްސްދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު  އަގަށެވެ.

ބިންތަރައްޤީކުރުމަށް މަގުމަތީ އިންފާރު ރޭނުން    

10%
  • ބިމުގެ ވަށާ އިންފާރު 1 ފޫޓު އުސްމިނަށް ރޭނުން    
  • މިމާކްސް ދެވޭނީ މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިންފާރު ރޭނުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ  ބެންޗް މާކެއްކަމުގައި ބަލައިގެން ހުށަހެޅޭ  ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ފުރިހަމަ އަދި އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

40%

  • އިޖުތިމާޢީ ކަންކަމަށް ދެވޭޢީނާޔަތު    
  • މިމާކްސް ދެވޭނީ  މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅައިފައިވާ އެންމެ ދީލަތި އެހީއަކީ ބެންޗްމާކު ކަމަށް ބަލައިގެން ކަނޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހާ ލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެބޮޑު އެހީއެއް  ހުށަހަޅާފައިވާ ފަރާތަށެވެ. 

29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015
ހޯދާ