ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ޔުނީފޯމް (ޓީޝާޓު) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ޔުނީފޯމް (ޓީޝާޓު) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭ ގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ.

 

    މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގުހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީއެވެ.

 

ތާރީޚް

ގަޑި

ތަން

 މައުލޫމާތު ސާފުކުރުން

04 ސެޕްޓެމްބަރ 2023

11:00

  ޒޫމް މެދުވެރިކޮށް،

ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ

އަގު ހުށަހެޅުން

14 ސެޕްޓެމްބަރ 2023

13:00

ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ

 

  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް މި އިދާރާގެ ނަންބަރު 6700502 ނުވަތަ ވައިބަރ ނަންބަރ 7949275 އަށް މެސެޖުކުރައްވާ ނަން ނޯޓް ކުރެއްވުމުން އެފަރާތަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ލިންކް ފޮނުވައިދެވޭނެވެ.
  •  ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 04 ސެޕްޓެމްބަރ 2023ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު:

ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ،

ފޯން: 6700502 ވައިބަރ: 9607949275+، އީމެއިލް: [email protected] 

31 އޮގަސްޓް 2023
ހޯދާ