މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވޮލިންޓިއަރުން ހޯދުމަށް

އެވެއާރނެސް ތްރޫ މޮސްކް ޓުއަރ (އޭ.ޓީ.އެމް.ޓީ) ޕްރޮގްރާމްގައި މަސައްކަތްކުރުމަށް ވޮލަންޓިއަރުން ބޭނުންވެއްޖެ!


އިސްލާމީ މަރުކަޒަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 4:00 އަށް އިސްލާމީ މަރުކަޒުދެއްކުމާއި މަރުކަޒުގައިވާ މިސްކިތް (މަސްޖިދު ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޘަމް) ދެއްކުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާނެ ވޮލަންޓިއަރުން ބޭނުންވެއްޖެއެވެ.

މަސައްކަތު ގަޑި:

މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅީގައެވެ. މިގޮތުން މި މަސައްކަތްކުރުމަށް އެދޭ ވޮލަންޓިއަރުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެފަރާތަކުން އިޚsތިޔާރުކުރާ ދަންފަޅިއެއްގައެވެ. އަދި ވޮލަންޓިއަރުން މަސައްކަތްކުރުމަށް ބޭނުންވާ ދަންފަޅިއެއްގައި މަސައްކަތްކުރުމުގެ ފުރުޞަތު ވީވަރަކުން ދެވޭނެއެވެ.

  1. ފުރަތަމަ ދަންފަޅީ: ހެނދުނު 10:00 ން 13:00 އަށް
  2. ދެވަނަ ދަންފަޅި: މެންދުރުފަސް 13:00 ން 16:00 އަށް

ޝަރުޠު:

ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެއްސަކު ކަމުގައިވުން
  2. 18 އަހަރު ފުރިފައިވުން
  3. އިނގިރޭސިބަހުން ފަރިތަކަމާއެކު ވާހަކަދައްކަން އެނގުން
  4. އޭ.ޓީއެމްޓީ ޕްރޮގްރާމްގެ ދަށުންކުރަންޖެހޭ މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތަކަށްވުން

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

ވޮލަންޓިއަރެއްގެ ގޮތުން މަސައްކަތްކުރުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް.

މިކަމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 05 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަން ފޯމު
  • އައިޑީ ކާޑުގެ ކޮޕީ
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް
  • ވަނަވަރު އަންގައިދޭ ލިޔުމެއް (ސީވީ)
  • ސަޕޯޓިންގ ޑޮކިއުމަންޓްސް (އެޕްލިކޭޝަން ފޯމުގައި ބަޔާންކުރައްވާފައިވާ މަޢުލޫމާތުތައް ކަށަވަރުކޮށްދޭ ލިޔުންތައް)
  • މިނޫންވެސް އެހެނިހެން ލިޔެކިޔުންތައް  

އިންޓަވިއު ކުރުން

  • އިނގިރޭސިބަހާއި ބޭރުގެ އެހެނިހެން ބަސްބަހުން ވާހަކަ ދައްކާ ފަރާތްތަކަށް އިސްކަންދީގެން ކުރެވޭ އިންޓަރވިއުއަކުން ހޮވޭ ފަރާތްތައް ވޮލަންޓިއަރުންގެ ގޮތުގައި ހަމަޖެއްސޭނެއެވެ.
  • މި މަޤާމަށް ވޮލަންޓަރުން ހަމަޖެއްސުމަށް ބާއްވާ އިންޓަވިއު އޮންނާނީ 2015 މާރިޗު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ.

29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015
ހޯދާ