މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ޕާރކް ސެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

     އުނގޫފާރު / ދިވެހިރާއްޖެ                                                            ނަމްބަރ:IUL-303-IED-303-2023-28

އިޢުލާން

 

ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ޕާރކް ސެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

ރ.އުނގޫފާރު ކުޑަކުދިންގެ ޕާކް އަޕްގްރޭޑް ކުރުމަށް މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ ތާވަލުގައި (ޖަދުވަލު 2) ހިމެނޭ ތަކެތި (ޕާރކް ސެޓް ތައް) މިއިދާރާއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު މިއިޢުލާނާއިއެކު ވާނީ ގެޒެޓުކުރެވިފައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ސެޕްޓެމްބަރ 6 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ [email protected] އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

 *   ވިޔަފާރީގެ ނަން

*        ވިޔަފާރި ރަޖިސްޓްރީ ނަންބަރު

*        ވެރިފަރާތުގެ ނަން

*        ވެރިފަރާތާއި ގުޅޭނެ ނަންބަރު

*        އީމެއިލް އެޑްރެސް

ބިޑް ރަޖިސްޓްރީކުރެއްވި ފަރާތްތަކުން ބިޑް ހުށަހެޅުން އޮންނާނީ 2023 ސެޕްޓެމްބަރ 13 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. މިމަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބު ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ޕާރކް ސެޓް ސަޕްލައިކޮށްދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                                     

                  15 ޞަފަރު 1445    

                  31 އޮގަސްޓް 2023  

30 އޮގަސްޓް 2023
ހޯދާ