ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އެސިސްޓެންޓް ޑިޒައިނިންގ އޮފިސަރ)

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް ޑިޒައިނިންގ އޮފިސަރ  

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

އެސިސްޓެންޓް އޮފިސަރ - ގްރޭޑް 5

މުސާރަ:

މަހަކު 5000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 2000.00 ރުފިޔާ

މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ.

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

- މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 2 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރުގެ ތަޖްރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކުންފުނިން ހިންގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތުތައް މީޑިއާ އާއި ސޯޝަލް މީޑިއާގައި ދައުރުކުރުމަށް ޕޯސްޓަރ ތައްޔާރުކުރުން.

- ކުންފުނީގެ ވެރިންގެ ކުންފުނީގެ މެންޑޭޓާއި ގުޅުންހުރި އެންމެހައި ހަރަކާތްތައް ޕްރޮމޯޓްކުރުން.

- ކުންފުނި ޕްރޮމޯޝަންއަށް ވީޑިއޯ އަދި އެނިމޭޝަން ހެދުން.

- ކުންފުނިން ވިއްކާ ޕްރޮޑަކްޓްސްތަކުގެ ކެޓަލޮގެއް ހަދައި މާކެޓްކުރުން

- ކޯޕަރޭޓް ބްރޭންޑިންގް އަދި ޕްރޮޑަކްޓް މާކެޓިންގްގެ މަސައްކަތްކުރުމަށްޓަކައި ގްރެފިކްސް ޑިޒައިނިންގެ މަސައްކަތައް މުއައްޒަފުގެ ބައިވެރިވުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

- ކޯޕަރޭޝަންގެ ޑިޖިޓަލް މާކެޓިންގްގެ މަސައްކަތްކުރުމަށްޓަކައި ގްރެފިކްސް ޑިޒައިނިންގެ މަސައްކަތައް މުއައްޒަފުގެ ބައިވެރިވުމާއި އެހީތެރިކަން ފޯރުކޮށްދިނުން

- ކޯޕަރޭޝަނުގެ ބޭނުންތަކަށް ޑިޒައިން ކުރަންޖެހޭ ތަކެތި ޑިޒައިންކުރުމާއި، ކޯޕަރޭޝަނުން ހިންގާ އިވެންޓްތަކަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން.

- ކޯޕަރޭޝަނުގެ ޕްރޮޖެކްޓު ތަކާއި ، އެހެނިހެން ޙަރަކާތްތަކާއި ގުޅޭގޮތުން ހަދަންޖެހޭ ޕޯސްޓަރުތައް ޑިޒައިންކުރުމާއި، އެކަންތަކަށް ބޭނުންވާ ފޮތް/ ޕޯސްޓަރު/ ލީފްލެޓް/ ވީޑިއޯ ފަދަ މެޑީރިއަލްސް ކޮލިޓީކޮށް ތައްޔާރުކުރުން.

- ކޯޕަރޭޝަނުގެ އެކިއެކި އިވެންޓްތަކަށް އިންވިޓޭޝަން ކާޑާއި/ ބެނަރ ފަދަ ތަކެތި ތައްޔާރުކުރުން.

- ކޯޕަރޭޝަނުގެ ސޯޝަލް މީޑިއާ އަދި ވެބްސައިޓަށް ބޭނުންވާ ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން.

- ކޯޕަރޭޝަނުން ތައްޔާރުކުރަންޖެހޭ އޯޑިއޯ އާއި ވީޑިއޯ ކްލިޕްތަކާއި ޕްރެޒެންޓޭޝަންތަކާއި އޯޑިއޯ ރިޕޯޓްތަކާއި، ވީޑިއޯ ރިޕޯޓްތައްފަދަ އެންމެހައިތަކެތި ތައްޔާރުކުރުމާއެކު އެތަކެތި އާންމުކުރަންޖެހޭ ހާލަތްތަކުގައި އާންމުކުރުން.

- ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓުގެ މަސައްކަތްތައް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު،  04 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ސެޕްޓެމްބަރ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                              14 ޞަފަރު 1445

30 އޮގަސްޓް 2023
ހޯދާ