ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ކައުންސިލް އެސިސްޓެންޓް) ގދ. ނަޑެއްލާ މަސްޖިދުލްޙަޟާރާ މިސްކިތް

ވަޒީފާގެ ފުރުޞަތު

މަޤާމް:

ކައުންސިލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު: 01

މަޤާމުގެ ނަންބަރު:

J-379435

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގދ. ނަޑެއްލާ މަސްޖިދުލްޙަޟާރާ މިސްކިތް                    

ސެކްޝަން : ސޯޝަލް އަދި މުނިސިޕަލް ސާވިސް ޔުނިޓް

މުސާރަ:

އަސާސީ މުސާރައިގެ ގޮތުގައި މަހަކު 3100.00 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

ސަރވިސް އެލަވަންސް ގެ ގޮތުގައި މަހަކު 1000 ރުފިޔާ (އެއް ހާސް ރުފިޔާ)

އެހެނިހެން އެލަވަންސް:

ސަޕޯރޓިންގ ކޯރ އެލަވަންސް ގެ ގޮތުގައި މަހަކު 1200.00 ރުފިޔާ (ބާރަ ސަތޭކަ ރުފިޔާ)

 މިނިމަމް ވޭޖް އެލަވަންސްގެ ގޮތުގައި 1917.00 ރުފިޔާ (ނަވާ ރަސަތޭކަ ސަތާރަ ރުފިޔާ)

ހަމަޖެހިފައިވާ އުޞޫލުން ކޮންމެ ރަމަޟާން މަހެއްގައި ވެސް ރަމަޟާން އެލަވަންސް ލިބޭނެއެވެ.

މީގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖުބުތައް:

  • ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާ ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތީން ކުރުން.
  • ކޮންމެ ނަމާދު ވަގުތެއްގެ 10 މިނިޓްކުރިން، މިސްކިތުގެ އެތެރެ އެކީގައި ރަނގަޅަށް ފޮޅާ ސާފުކޮށް، ކާޕެޓް އަޅާފައިވާނަމަ މެޝިން ބޭނުންކޮށްގެން ކާޕެޓް ސާފުކުރުމާއި، ކާޕެޓް ނާޅާ ހުރިނަމަ މުށީގައި މޮޕްޖެހުން އަދި ފާޚާނާއާއި އިސްކުރުބަރި ކޮންމެ ނަމާދު ވަގުތެއްގެ ކުރިން ރަނގަޅަށް ސާފުކުރުން
  • ކޮންމެ ނަމާދު ވަގުތެއްގެ 10 މިނިޓްކުރިން، މިސްކިތުގެ ދިއްލުންތައް ދިއްލައި ފަންކާތައް ޖެހުން. އޭސީ ކޮށްފައިވާނަމަ ފަންކާ ޖެހުމުގެ ބަދަލުގައި އޭސީ އޮންކުރަން އަދި ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓްފަހުން، މިސްކިތުގެ ދިއްލުންތަކުގެ ބޮޑުބައި ނިއްވައި ފަންކާތައް ނިއްވައި، އޭސީ ޖައްސާފައިވާނަމަ އޭސީ އޮފްކުރުން.
  • މިސްކިތުގެ ގޯތިތެރެއާއި މަގުމަތި، މަދުވެގެން ކޮންމެ ދުވަހަކު ފަތިހާއި މެންދުރާއި ހަވީރު ކުނިކަހައި ކުނިނަގައި ސާފުކުރުން.
  • މިސްކިތުގައި ބޭނުންކުރާ ފާޚާނާތަކާއި އިސްކުރުބަރި ރަނގަޅަށް ދޮވެ ސާފުކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު އެއްފަހަރުކުރުން.
  • މިސްކިތުގެ ގޯތިތެރޭގައާއި ނަލަ ފާރުގެ އެތެރޭގައި ބަގީޗާ އިންދައި ހެއްދުން. އަދި ކޮންމެ ދުވަހަކުވެސް ގަސްތަކަށް ފެންދިނުން.
  • މިސްކިތުގެ ގޯތިތެރޭގައާއި މަގުމަތީގައި ހެދޭ ވިނަ ކޮށައި ނޮޅައި އަދި ގޯތިތެރޭގައާއި ނަލަފާރުގެ އެތެރޭގައި ހައްދާ ގަސްތައް ކޮށައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންމެ ހަފުތާއަކު މަދުވެގެން 3 ދުވަހުކުރުން.
  • މިސްކިތުގައި ބޭނުންކުރާ އިލެކްޓްރިކް އަދި އިލެކްޓްރޯނިކް މެޝިނަރީއާއި އިކްވިޕްމަންޓްސްތަކާއެކު އެންމެހާ ތަކެއްޗާއި ތަކެތި ރަނގަޅަށް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮންމެ ހަފުތާއަކު މަދުވެގެން 3 ދުވަހުކުރުން.
  • މިސްކިތާއި ފާޚާނާއާއި އިސްކުރުބަރީގެ ދޮރާއި ދޮރުފަތްތަކާއި ފެންލައިޓްތައް ރަނގަޅަށް ސާފުކޮށް ހިރަފުސް ފިލުވައި ބިއްލޫރި ސާފުކުރުމުގެ މަސައްކަތް ކޮންމެ ހަފުތާއަކު މަދުވެގެން 3 ދުވަހުކުރުން
  • ޢިމާރާތުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައި ހުންނަ ތަކެތި ސާފުކުރުމުގެ މަސައްކަތް މަދުވެގެން ކޮންމެ ހަފުތާއަކު 1 ދުވަހު ކުރުން.
  • މިސްކިތާއި ފާޚާނާއާއި އިސްކުރުބަރީގެ ދިއްލުންތަކުން އަނދާފައިހުންނަ ހޮޅިބުރިއާއި ބޮކި އަދި ސްޓާޓަރުފަދަ ތަކެއްޗާއި ފަންކާތަކުން ފެއިލްވާ ކެޕޭޝްޓަރުފަދަ ތަކެތި އަދި ބެޓްރީ ލައްވާ ގަޑިފަދަ ތަކެއްޗާއި އޮޓޯ ސްވިޗާއި ކެޕޭޝްޓަރުފަދަ ތަކެތި ލައްވައިގެން ބޭނުންކުރާ އެހެނިހެން ތަކެތި ރަނގަޅަށް ބަލަހައްޓައި ބެޓްރިއާއި އޮޓޯ ސްވިޗާއި ކެޕޭޝްޓަރުފަދަ ތަކެތި ބަދަލުކުރަން ޖެހުމުން، ރަށުކައުންސިލުން އެފަދަ ތަކެތި ހޯދައިގެން ދުވަހުން ދުވަހަށް ބަދަލުކުރުން.
  • މިސްކިތުގައި ބޭނުންކުރާ އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ސާމާނުތަކުގެ މަރާމާތުގެ ގޮތުގައި ކުރެވޭވަރުގެ ކުދިކުދި މަރާމާތުތައް ކުރުމުގެ މަސައްކަތްކުރުން.
  • ވަޅުދިޔަ ހިއްކައި ސާފުކުރުމުގެ މަސައްކަތް މަދުވެގެން ކޮންމެ 4 މަހަކުން 1 ފަހަރުކުރުން
  • ބޯކޮށް ވާރޭ ވެހޭ ދުވަސްތަކުގައި މިސްކިތުގެ ފުރާޅާއި ދިޔަދޮވިއާއި ނަލަފިލާއާއި ތާނގީތައް ސާފުކޮށް ތާނގީތަކަށް ސާފު ވާރޭ ފެން ނެގުމުގެ މަސައްކަތްކުރުން.
  • ޢިމާރާތްތަކާއި ތަންތަނާއި ތަކެއްޗަށް ލިބެމުންދާ ގެއްލުންތަކުގެ މަޢުލޫމާތު ޤަވާޢިދުން ރަށުކައުންސިލަށް އަންގަމުން ގެންދަން.
  • ކައުންސިލުން އިންތިޒާމުކުރާ އިޖުތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުމަށް އަންގައިފިނަމަ، މިފަދަ ކޮންމެ ކަމެއްގައި ކައުންސިލަށް ފުރިހަމައަށް އެއްބާރުލުން ދިނުން.   
  • މުވައްޒަފަކު ޗުއްޓީ ނެގުންފަދަ ކަމެއް ދިމާވެގެން ޔުނިޓްހެޑް ނުވަތަ ޒިންމާދާރުވެރިޔާ ވަގުތީގޮތުން ޙަވާލުކުރައްވާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ ޝަރުޠު:

ލިޔަން ކިޔަން އެނގުން

 

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

-          ސްކްރީނިންގް މަރުޙަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ

-          ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ

-          ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނެތް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު؛ ( ވަޒީފާއަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން އަދި ތިރީގައިއެވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  2. ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތް ކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާނސްކްރިޕްޓްގެ ކޮޕީ. ނުވަތަ: ސެޓްފިކެޓް ނެތް ޙާލަތެއްގައި، ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކޮށްފައިވާ އެސްސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.

   (ށ) ރާއްޖޭގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުޢައްސަސާއެއްގައި، ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައިވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސް ތަޖުރިބާގެ ތެރެއިން ވިއުގަ އޮންލައިން ޕޯޓަލްއިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހާރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރާދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލެވިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާޢަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިސްލާޙް) ގެ 12.1 (އެސް.އެސް 1 ން އެސް.އެސް 3 އާ ދެމެދުގެ ކުރައިޓީރިއާ) ގައި ހިމަނާފައިވާނެއެވެ.

މަޤާމަށް ޢައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކުރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފޯމު ނަޑެއްލާ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 11 ސެޕްޓެމްބަރ 2023 އާއި 14 ސެޕްޓެމްބަރ 2023 އާ ދެމެދު ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް"(A2ޝީޓް)" އާންމުކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީ  ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ" (A2ޝީޓް) ޢާއްމުކޮށް ފެންނާނެހެން ގެޒެޓްގައި އަދި މި އިދާރާގެ ފޭސްބުކް ޕޭޖްގައި ޢާއްމުކުރެވޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ  A2 ޝީޓު ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840007 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުސޫލުތައް~"ރެކްރޫޓްމަންޓް އުޞޫލު" 3 ވަނަ އިސްލާޙްhttps://www.csc.gov.mv/Policy/Index/51 )ލިންކުން ލިބެން ހުންނާނެއެވެ.

30 އޮގަސްޓް 2023
ހޯދާ