ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފުތަރު އެކުލަވާލުމާގުޅޭ

        

ބިދޭސީންގެ ދަފުތަރު އެކުލަވާލުމާގުޅޭ:

              ޤާނޫނު ނަންބަރު : 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ  އިސްލާޙް ގެނައުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ،ބ) ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ދަފްތަރެއް ކައުންސިލުން ބަލަހައްޓަން ލާޒިމް ކުރެއެވެ. އެހެންކަމުން މިރަށުގައި ދިރިއުޅޭ ބިދޭސީންނާބެހޭ މަޢުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރެއް އަލުން އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

              ދަފްތަރުގައި ބިދޭސީން ރަޖިސްޓްރީ ކުރުމަކީ، އެ ބިދޭސީއަކަށް ވަޒީފާދީފައިވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން ރަށުގައި މަސައްކަތްކުރާ ބިދޭސީން 12 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ބިދޭސީން ރަޖިސްޓްރީ ކުރާ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ދަފްތަރު އެކުލަވާލުމަށްޓަކައި ބޭނުންވާ "ބިދޭސީންގެ ދަފްތަރު ފޯމް" މި ކައުންސިލް އިދާރާއިންނާއި މިއިދާރާގެ ވެބްސައިޓު  kinbidhoo.gov.mvއިން ލިބެން ހުއްނާނެއެވެ.          

                    މަތީގައިވާ މުއްދަތުގައި މަޢުލޫމާތު ހުށަނާޅާ ފަރާތްތަކާއި، ޤަވާއިދާ ޚިލާފަށް އުޅޭކަމަށް ފާހަގަ ކުރެވޭ ބިދޭސީންގެ މަޢުލޫމާތު ކަމާބެހޭ މުވައްސަސާތަކަށް ހުށަހަޅައި، އެފަރާތްތަކާމެދު ޤަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

     ވީމާ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރަމެވެ.

                   14 ޞަފަރު 1445ހ.

30 އޮގަސްޓް 2023
ހޯދާ