މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެވަޅު ކޮމެޓީ" އެކުލަވާލުމާއި ގުޅޭ

"ގެވަޅު ކޮމެޓީ" އެކުލަވާލުމާއި ގުޅޭ 

މިރަށުން މީހުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށްޓަކައި "ގެވަޅު ކޮމެޓީ" ގެ ނަމުގައި، ސަރުކާރު މުއައްސަސާތަކާއި އަދި އާންމު ރައްޔިތުންގެ ތެރެއިން 2 ބޭފުޅަކު ހިމެނޭހެން ކޮމިޓީއެއް އެކުލަވާލަން މިކައުންސިލުން ބޭނުންވެއެވެ. މި ކޮމިޓީގެ ބޭނުމަކީ މީހުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި، އެކަމާއި ގުޅުންހުރި އެންމެހާ ކަންކަން ނިންމާއިރު އެކި ފަރާތްތަކުގެ ބައިވެރިވުމާއި މަޝްވަރާއާއި ހިޔާލުގެ މައްޗަށް ބިނާކޮށް، ވީހާވެސް އިންސާފުވެރިކަމާއެކު މި މަސައްކަތް ކުރިއަށް ގެންދިއުމެވެ.

ވީމާ، މިކޮމެޓީގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. އަދި މި އިޢުލާނާއެކު ގެވަޅު ކޮމިޓީ އެކުލަވާލުމުގެ އުޞޫލު އާންމު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ޞަފަރު 1445                          

 30 އޯގަސްޓް 2023   

30 އޮގަސްޓް 2023
ހޯދާ