ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ވެހިކަލް ކުއްޔަށް ނެގުން

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2023/246

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

GSRF-PSM GA/2023/128

 

 

 

އިޢުލާން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ރިޔާސީ އިންތިޚާބު 2023 ގެ ނިއުސް ކަވަރޭޖްއަށް ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް މިކުންފުންޏަށް ވެހިކަލް ކުއްޔަށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ފޮނުވުމުގެ ފުރުސަތު ހުޅުވާލަމެވެ. ވެހިކަލް ބޭނުންވާ ގޮތުގެ ތަފްޞީލް:

ވެހިކަލް ގެ އަދަދު

ތާރީޚް

ގަޑި

4 ކާރު/މިނީ ވޭން

09 ސެޕްޓެމްބަރ 2023

ފަތިހު 05:00 އިން ދަންވަރު 00:00 އަށް

2 ކާރު/މިނީ ވޭން

10 ސެޕްޓެމްބަރ 2023

ހެނދުނު 08:00 އިން ދަންވަރު 00:00 އަށް

 

  • ވެހިކަލް ކުއްޔަށް ދޭއިރު މިކުންފުނީގެ ޑްރައިވަރުން ދުއްވާ ގޮތަށް ވެސް ވެހިކަލް ކުއްޔަށް ދިނުމަށް އަގު ހުށަހެޅިދާނެއެވެ. އަދި ޑްރައިވަރާ އެކު ކުއްޔަށް ދޭ ގޮތަށް ވެސް އަގު ހުށަހެޅިދާނެއެވެ.
  •  އަގު ހުށަހަޅާނެ ގޮތް:

ތަފްޞީލް

އަގު

ޑްރައިވަރާއެކު ވެހިކަލް ކުއްޔަށް ދިނުން

 

މި ކުންފުނީގެ ޑްރައިވަރުން ދުއްވާ ގޮތަށް ވެހިކަލް ކުއްޔަށް ދިނުން

 

 

  • މަތީގައިވާ 2 ގޮތުން ކުރެ 1 ގޮތަށް ނުވަތަ 2 ގޮތަށް ވެސް އަގު ހުށަހެޅިދާނެއެވެ. މަސައްކަތް ހަވާލު ކުރުމުގައި ބަލާނީ އަގުގެ ގޮތުން މިކުންފުންޏަށް އެންމެ ފައިދާ ހުރިގޮތަށެވެ.
  • އަގު ހުށަހަޅާއިރު 1 ވެހިކަލް ކުއްޔަށް ދިނުމަށް ވެސް އަގު ހުށަހެޅިދާނެއެވެ.
  • ހުށަހަޅާ ކޯޓޭޝަންތުގެ ތެރެއިން އަގު އެއްވަރުނަމަ ކުއްޔަށް ނެގުމުގައި އެންމެ ރަނގަޅު ކޮންޑިޝަނެއްގައި ހުރި ވަހެކަލަށް އިސްކަންދެވޭނެއެވެ.
  • މިކުންފުނީގެ ޑްރައިވަރުގެ އިހުމާލުން ވެހިކަލްއަށް ގެއްލުމެއް ލިބިއްޖެނަމަ 2 ފަރާތުން ވާހަކަ ދައްކައިގެން އެއްބަސްވާ ގޮތަކަށް އެކަމެއް ހައްލުކުރެވިދާނެއެވެ.
  • ވެހިކަލްއަށް ޕެޓްރޯލް އެޅުމަކީ ކުއްޔަށް ދޭފަރާތުގެ ޒިންމާއެކެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް: އަލީ ވަޙީދު (9916666)

ވީމާ، މި މަޢުލޫމާތާއި އެއްގޮތަށް ވެހިކަލް ކުއްޔަށް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 03 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 14:00 ކުރިން ދީފައިވާ މެއިލްއަށް ކޯޓޭޝަން ފޮނުވައިދެއްވުން އެދެމެވެ.

ކޯޓޭޝަން މެއިލްކުރާނީ: [email protected]

                      12 ޞަފަރު 1445

                      29 އޮގަސްޓް 2023

29 އޮގަސްޓް 2023
ހޯދާ