މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ހދ. ހަނިމާދޫ އޮފީހުގައި ބޭނުންކޮށްފައިވާ 1 ވޭން ނީލަން ކިޔުމާއި ގުޅޭ

               މި މުއައްސަސާގެ ހދ. ހަނިމާދޫ އޮފީހުގައި ބޭނުންކޮށްފައިވާ 01 ވޭން ނީލަންކިޔުން 07  ސެޕްޓެމްބަރު  2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި ހދ. ހަނިމާދޫ ކަސްޓަމްސް އޮފީހުގައި ދުވަހު ނީލަމުގެ އުސޫލުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަން ފެށޭ އަގު މި އިޢުލާނާއި އެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.

       ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު، ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ނީލަމުގައި ބައްލަވައިގެންނެވި މުދައު، 07 ( ހަތް ) ދުވަސް ތެރޭގައި ގެންދަވަން ވާނެއެވެ.

              ވީމާ، ނީލަމުގައި ބައިވެރިވެޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 07 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 އަށް ހދ. ހަނިމާދޫ ކަސްޓަމްސް އޮފީހަށް ޙާޒިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. ނީލަމަށް ވަޑައިގަންނަވާ އިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 އޮގަސްޓް 2023
ހޯދާ