މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޕަރވައިޒަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސުޕަރވައިޒަރ

ބޭނުންވާ ޢަދަދު

 01 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެންޓަރޕްރައިޒް / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ޖުމްލަ މުސާރަ:

 -/12,304 ރުފިޔާ) ބާރަ ހާސް ތިން ސަތޭކަ ހަތަރު ރުފިޔާ)

އިތުރު ޢިނާޔަތްތައް:

 

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. 

ޝަރުޠު:

  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކުންފުނިން ކަނޑައެޅިފައިވާ ފައިސާ ގެންގުޅުމާއި ބެލެހެއްޓުމުގެ ޤަވާއިދުގައިވާ ގޮތަށް  އޭ.އެފް.ސީ ޝޮޕްގެ ފައިސާގެ ކަންތައްތައް ކުރިޔައްދޭތޯ ޗެކްކުރުން.
  • ފިހާރައިން ވިއްކޭ ހުރިހާ މުދަލަކީ ސިސްޓަމަށް އެންޓަރ ކުރެވިގެން ވިއްކޭ މުދަލަށް ވުމުން ސިސްޓަމަށް އެންޓަރނުކޮށް އެއްވެސް ބާވަތެއްގެ މުދަލެއް ފިހާރައިން ނުވިއްކުން. އަދި ފިހާރައިގެ އިންވެންޓްރީ ސިސްޓަމުން ބެލެހެއްޓުން.
  • ފިހާރަޔަށް ބޭނުންވާ މުދަލަށް ހެޑް އޮފް ޑިޕާރޓްމަންޓްގެ ލަފަޔާއިއެކު ލަސްނޮކޮށް އޯޑަރ ކުރުން. އަދި މުދާގަތުމަށް ޕްރޮކިއުމަށްޓައް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށް ދިނުން.
  • ފިހާރައަށް ގެންނަ މުދާ ރިސީވްކޮށް ގްޑްސް ރިސީވްޑް ނޯޓް ތައްޔާރުކޮށް ދުވަހުން ދުވަހަށް ޕްރޮކިއުމަށްޓަށާއި އެކައުންޓްސް އަށް ފޮނުވިފައިވޭތޯ ޗެކްކުރުން.
  • ފިހާރައަށް ގެންނަ މުދަލުގެ ތެރެއިން އެއްވެސް އެއްޗަކަށް އުނިއިތުރެއް އިސްފައިވާނަމަ އެކަން ޕްރޮކިއުމަންޓުން އޮޅުންފިލުވައި ހެޑް އޮފް ޑިޕާރޓްމަންޓަށް ރިޕޯރޓްކުރުން.
  • ފިިހާރައިގެ ހުންނަ ތަކެތި ކަސްޓަމަރުންނަށް ފަސޭހައިން ފެންނާނެހެން ޑިސްޕްލޭ ކުރުމާއި، ވިއްކުމަށް ކަނޑައެޅިފައިވާ އަގު ހުރިހާ ތަކެއްޗެއްގައިވެސް ފަސޭހައިން ފެންނާނޭހެން ޖެހިފައިވޭތޯ ޗެކްކުރުމަށް ކޭޝިއަރުންނަށް އިރުޝާދު ދިނުން އަދި އެމަސައްކަތް ކައިރިން ބަލައި ޗެކްކުރުން.
  • ފިހާރައިގެ ރެކްތަކުގައި ހުންނަ ތަކެތީގެ މުއްދަތު ހަމަވުމުގެ ކުރިން ހެޑް އޮފް ޑިޕާރޓްމަންޓްގެ ލަފަޔާއިއެކު އެކައުންޓްސް އާއި ގުޅިގެން އަގުހެއުކޮށް ވިއްކުން އަދި މުއްދަތު ހަމަވުމުން ލަސްނުކޮށް ރެކްތަކުން މިތަކެތި ނެގިފައިވޭތޯ ބެލުން. މިގޮތުން ހަލާކުވެގެން ނެގޭ ތަކެއްޗައް ޑެމޭޖް ރިޕޯރޓް ތައްޔާރުކޮށް އެކައުންޓްސް އޮފިސަރަކާއެކު ޗެކްކޮށް ސޮއިކުރުވުމަށްފަހު މިތަކެތި ޝޮޕްގެ އިންވެންޓްރީއިން އުނިކުރުވުން.
  • އައްޑޫ ޝޮޕް ތަރައްގީކޮށް ވެރައިޓީސްތައް އިތުރުކުރުމަށްޓަކައި ހެޑް އޮފް ޑިޕާރޓްމަންޓްގެ އިރުޝާދުގެ ދަށުން ޕްރޮކިއުމަށްޓާއި ގުޅިގެން މުދަލުގެ ސާމްޕަލްތައް ހޯދައި އެތަކެތި އައްޑޫ ޝޮޕްގައި ހިގާނެވަރެއްބަލައި އޯޑަރ ކުރުން.
  • އައްޑޫ ޝޮޕަށް ބޭނުންވާ މިފްކޯގެ އުފެއްދުންތަކަށް ޕީއޯ ހެދުމަށްފަހު ރިލޭޓެޑް ޑިޕާރޓްމަންޓް ތަކަށް ފޮނުވުން. އަދި މުދާ ލިބުމުން ރިސީވިން ރިޕޯޓް ހެދުން.
  • ފިހާރައިގެ މުދަލުގެ ފާސްޓް މޫވިން އަދި ސްލޯ މޫވިން އައިޓަމްސްތައް ޗެކްކޮށް އަދިއޭގެ ރިޕޯޓްހަދައި ޑިޕާޓްމަންޓް ހެޑަށް ހުށަހެޅުން.
  • ފިހާރައިގެ ސްޓޮކް ޓާންއޯވާ ބަލައި ޑިޕާޓްމަންޓް ހެޑަށް ރިޕޯޓްކުރުން.
  • މަސްކޭސް ސްޓޮކް އަދި ޑިސްޓްރިބުޝަން ޑިޕާޓްމަންޓް ހެޑްގެ ލަފަޔާއިއެކު ބެލެހެއްޓުން
  • ފިހާރަިއގެ ކޭޝިރަުން އަދި ލޭބަރުންގެ ހުރިހާ މަސައްކަތްތައް  ޑިޕާޓްމަންޓްގެ ލަފަޔާއިއެކު ރާވާ އަދި ސުޕަވައިޒްކުރުން.
  • ޑިޕާޓްމަންޓްގެ އެހެނިހެން ސެކްޝަންތައް ހިންގުމުގައި އެއްބާރުލުން ބޭނުންވެއޖެ ހިނދެއްގައި ފުރިހަމަ އެއްބާރުލުން ދިނުން.
  • އޭ.އެފް.ސީގައި ކުރެވޭ އެހެނިހެން މަސައްކަތްތަކަށް، އެހީތެރިކަން ދޭންޖެހިއްޖެ ހާލަތްތަކުގައި އެހީތެރިކަން ދިނުން.
  • މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފައްދާ ދަމަހައްޓަށް މަސައްކަތް ކުރުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ޖޮބް އެޕްލިކޭޝަން ފޯމް (ޖޮބް އެޕްލިކޭޝަން ފޯމް އިއުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ.

ބ- ޕޮލިސްރިޕޯޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީސް ރިސެޕްޝަން އަށް ނުވަތަ

 

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ03 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ މެންދުރު 14:30 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ސިޓީތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023388 ފޯނަށް ގުޅުއްވުން އެދެމެވެ.

28 އޮގަސްޓް 2023
ހޯދާ