ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރަންޔޫބީލްގެ ބައެއް ހަރަކާތްތަކުގެ ފޮޓޯ އަދި ވީޑިއޯގްރަފީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް 50 އަހަރުފުރޭ ރަންޔޫބީލްގެ ބައެއް ހަރަކާތްތަކަށް ބޭނުންވާ ފޮޓޯ އަދި ވީޑިއޯގްރަފީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ޔުނިވަރސިޓީއަށް ކޮށްދޭން ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
  2. މި މަސައްކަތް އެވޯރޑް ކުރެވޭނީ ޖަދުވަލު-1 ގައި ބަޔާންކޮށްފައިވާ ހުރިހާ މަސައްކަތެއް އެއްކޮށެވެ. މިހެންކަމުން އަގު ހުށަހަޅަންވާނީ ބަޔާންކޮށްފައިވާ ހުރިހާ މަސައްކަތެއް (ޔުނިވަރސިޓީގެ މިންގަނޑާ އެއްގޮތަށް) ކޮށް ނިންމޭނެ އަގެކެވެ.
  3. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އޯގަސްޓް 2023 ވަނަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން އަދި ޖަދުވަލު-1 ގައި ބަޔާންކޮށްފައިވާ ލިޔުންތައް އީމެއިލް ކޮށްދިނުން އެދެމެވެ. މި ނޯޓިސްއާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 3345146، 3345147 އަށް ގުޅުއްވުން އެދެމެވެ.
  4. ޕްރޮކިޔުމަންޓް ނޯޓިސް އާ ގުޅިގެން ދެވޭ އާންމު އިރުޝާދު، މި ނޯޓިސްއާ އެޓޭޗްކޮށްފައިވާ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާނެއެވެ. ނޯޓިސް އާ ގުޅިގެން ތަކެތި ވިއްކުމަށް ނުވަތަ މަސައްކަތް ކުރުމަށް ކުރިމަތިލާ އެންމެހާ ފަރާތްތަކުން އެ އިރުޝާދުގައި ބަޔާންކޮށްފައިވާ ކަންކަމަށް އަމަލުކުރަންވާނެއެވެ.
27 އޮގަސްޓް 2023
ހޯދާ