ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޣުފްރާނު މިސްކިތު ކާޕެޓް އެޅުން

ހައްދުންމަތީ މާބައިދޫ ހުކުރު މިސްކިތް "މަސްޖިދުލް ޣުފްރާން" މިސްކިތުގައި ކާޕެޓް އަޅާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ.

                  ވީމާ، މި މިސްކިތުގައި އެޅުމަށް ކާޕެޓްގެނެސް، އަޅައި ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ 31 އޮގަސްޓް 2023 ދުވަހުގެ 13:30 ގެ ކުރިން ބިޑަށް ދައްކަވަންޖެހޭ -/500 ރުފިޔާ މި ކައުންސިލްގެ 7707700369001 އަށް ޓްރާންސްފަރ ކުރައްވާ ބިޑް ރެޖިސްޓްރޭޝަން ފޯމް މި ކައުންސިލްގެ [email protected] އަށް މެއިލް ކުރައްވާ 11 ސެޕްޓެމްބަރު 2023 ވަނަދުވަހުގެ 13:30 ގައި މިޢިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީމެވެ. އަންދާސީ ހިސާބު ހުށައަޅުއްވަނީ ކޮމްޕެނީ އަކުން ނަމަ ކޮންޕެނީގެ ރަޖިސްޓުރީ ކޮޕީ އަކާއި ކޮންޕެނީގެ ވަނަވަރު އަދި އަމިއްލަ ފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓުރީގެ ކޮޕީއަކާއި، މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް އަންދާސީ ހިސާބާއެކު ހިމަނުއްވައިގެންނެވެ. އަދި ބިޑް ރަޖިސްޓުރީ ކުރާ ފޯމް މިކައުންސިލުންނާއި، ކައުންސިލުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

                  މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.           

                  11 ޞަފަރު 1445

                  27 އޮގަސްޓް 2023

27 އޮގަސްޓް 2023
ހޯދާ