މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. އަތޮޅުގެ ރަށްތަކަށް ކުނި މެނޭޖުކުރުމަށް ބޭނުންވާ މެޝިނަރީޒް ގަތުމާއި ގުޅޭ

                       މިއިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް 4 ކޮންޕޯސްޓިންގ މެޝިނާއި، 4 ޑީވޯޓަރިންގ މެޝިނާއި އަދި 4 ގްރީން ވޭސްޓް ޝްރެޑަރ ގަތުމަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު، އާއްމުކޮށް ހުޅުވާލަމެވެ. 

މިތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި -/25،000 ރ (ފަންސަވީސްހާސް ރުފިޔާ) ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ބިޑް ހުށަހަޅުއްވާއިރު، ބ. އަތޮޅުކައުންސިލްގެ އިދާރާއަށް ދައްކަވަންޖެހޭނެއެވެ.  

ބިޑް ސެކިއުރިޓީ ވާންވާނީ: 

-          އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ (ނުވަތަ) 

-          ބޭންކް ގެރެންޓެޑް އަދި ސްޓޭމްޕް ޖަހާފައިވާ ޗެކެއް (ނުވަތަ) 

-          މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް. 


                        ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނީ އަންދާސީ ހިސާބު ހުށަހަޅުއްވާ ކުންފުނީގެ ނަމުގައެވެ. ބިޑް ސެކިއުރިޓީ ބާތިލުވާ މުއްދަތު، އަންދާސީ ހިސާބު ބާތިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ.  

 

ތާރީޚް

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން 

4 ސެޕްޓެމްބަރ 2023  ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން

އަންދާސީ ހިސާބު ހުށަހެޅުން 

25 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11.00 ގައި


                        ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމުގެގޮތުން ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. 

  • މަޢުލޫމާތު ސާފުކުރާ ފަރާތުގެ (ވިޔަފާރި/ކުންފުނި) ނަން: 
  • ރަޖިސްޓްރީ ނަންބަރު: 
  • އިއުލާން ނަންބަރު: 
  • އީމެއިލް އެޑްރެސް: 
  • ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި އަދި މޯބައިލް ނަންބަރު: 

                         މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ ފަރާތްތަކަށް ބީލަން ފޮތް އީމެލް ކުރާނެ ވާހަކަ ދެންނެވީމެވެ. 

    

ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިގަނެވެން ނެތް ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާތިލު ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިއިދާރާއަށް ލިބިގެންވެއެވެ. 

                         11 ޞަފަރު 1445

27 އޮގަސްޓް 2023
ހޯދާ