މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޑެޕިއުޓީ މެނޭޖަރ

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1  އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ފުވައްމުލައް ފިޝްކަލެކްޝަން ސެންޓަރ / ޏ. ފުވައްމުލައް

ބޭސިކް މުސާރަ

8،000.00  ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • ސާވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60
  • ފުޑް އެލަވަންސް: ހާޒިރުވާ ދުވަހަކަށް 60 ރުފިޔާ

ޝަރުޠު:

  • މަޤާމާއިގުޅޭ ދާއިރާއެއްގައި  ނުވަތަ އެހެން ދާއިރާއެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ފުވައްމުލައް ސައިޓުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި ކަންކަން (ކޮންސްޓްރަކްޝަން، ސަލާމަތީކަންކަން އަދި އެހެނިހެން މަސައްކަތްތައް) މެނޭޖްމަންޓްގެ މަޝްވަރާގެ މަތިން ރާވައި ހިންގުން.
  • ސައިޓްގައި ތިބޭ މުވައްޒަފުންގެ ކަންކަން ހިގާ ނުހިގާގޮތް ބަލައި މަސައްކަތްތައް އަވަހަށް ނިންމުމަށް ހިއުމަން ރިސޯސް ޑިޕާރޓްމަންޓާ ގުޅިގެން ކުންފުނީގެ މެނޭޖްމަންޓުގެ މަޝްވަރާގެމަތިން ނިންމުން.
  • މެނޭޖްމަންޓް އިން ސައިޓްގައި ހިންގަން ރާވާފައިވާ ޕްރޮޖެކްޓްތަކުގެ އަޕްޑޭސް ބަލައި ޝެޑިއުލްއާއެއްގޮތަށް ނިންމޭތޯބެލުން.
  • ސައިޓްގެ އޮޕަރޭޝަން ރާވައި ހިންގުމުގައި ކުންފުންޏަށް އެންމެ ފައިދާހުރިގޮތަށް ބަލައި ކަންކަން ނިންމުން.
  • ސައިޓުގެ އެކި ކަންކަންކަމަށް ބޭނުންވާ މުދާ އޮޕަރޭޝަނަށް ދަތިނުވާނޭހެން ހޯދައި މެއިންޓެއިންކުރުމުގައި އެކަންކަމާއި ގުޅޭ ދާއިރާތަކާއެކު ގުޅިގެން މަސައްކަތް ކުރުން.
  • ހެޑް އޮފީހުގެ މަޝްވަރާގެ މަތީން ސައިޓްގެ މަސައްކަތް ރާވާ ހިންގުން. އަދި ސައިޓްގައި ދިމާވާ މައްސަލަތަކަށް ބޭނުންވާ ހައްލުހޯދުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ

-          އިންޓަރވިއު -------------%45

-          ތަޢުލީމީ ފެންވަރު----------%20

-          މަސައްކަތުގެ ތަޖްރިބާ------%35

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ޖޮބް އެޕްލިކޭޝަން ފޯމް (ފޯމް އިއުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ)

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 03 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

27 އޮގަސްޓް 2023
ހޯދާ