މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެޓްރީ ޓްރައިސައިކަލެއް ހޯދުން

މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާއިން ބާއްވާ އެކިއެކި އިވެންޓުތަކާއި، އިދާރީ ގޮތުން ކުރަންޖެހޭ ބައެއްކަހަލަ މަސައްކަތްތައް ކުރުމަށް ބޭނުންވާ ބެޓްރީ ޓްރައިސައިކަލެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ ޓްރައިސައިކަލް ސަޕްލައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކައުންސިލުން އަރުވަމެވެ. މިކަމާއި ގުޅޭ ބީލަންފޮތް މި އިއުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި މިކައުންސިލާއި ގުޅުއްވުމުން ބޭނުންފުޅުވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ. އަދި ބީލަންފޮތް މި އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 އޮގަސްޓު 27 ން ފެށިގެން 2023 ސެޕްޓެމްބަރު 06 ވަނަ ދުވަހުގެ 10:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރުމަށް https://forms.office.com/r/xBhCaQXjm0  މިލިންކްގައިވާ ފޯމް ފުރިހަމަކުރަންވާނެއެވެ.

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތަށް ހުންނަންވާނީ ސިޓީ އުރައިގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރު ގައި މި ދަންނަވާ މަޢުލޫމާތު ހިމަނާން ޖެހޭނެއެވެ.

(ހ) މަސައްކަތުގެ ނަން.

(ށ) އިޢުލާނު ނަންބަރު.

(ނ) ބީލަން ހުށަހަޅާ ފަރާތުގެ ނަން.

 ބީލަމުގެ މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ސެޕްޓްމްބަރު 06 ވާ ބުދަ ދުވަހު 11:00ގައި މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާގެ މީޓިން ރޫމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބީލަމެއް ބަލައެއްނުގަނެވޭނެއެވެ. ބީލަން ހުށަހަޅަން ވެރިފަރާތްނޫން އެހެންފަރާތަކުން ހާޒިރުވާނަމަ، އިއުތިރާޒެއްނެތް ކަމުގެ ލިޔުމާއި އައިޑީ ކޮޕީ ހުށަހަޅަން ވާނެއެވެ. އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ އީމެއިލްއަށް  [email protected] ނުވަތަ ފޯން ނަމްބަރަށް 6580021 ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.

27 އޮގަސްޓް 2023
ހޯދާ