ދިވެހިރާއްޖެ
ނަންބަރު:FNK/A/IUL/2023/149
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ހެޑްއޮފީހަށް ކުރެވުނު ކުންފުނީގެ ނަންބަރު FNK/A/IUL/2023/149 އިޢުލާން ބާޠިލްކޮށް އަލުން ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ.
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމް: |
03 (ތިނެއް) |
ބޭނުންވާ އަދަދު: |
ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް |
ޑިޕާޓްމަންޓް: |
ހެޑް އޮފީސް / މާލެ |
މަސައްކަތް ކުރަންޖެހޭތަން: |
5450ރ. (ފަސްހާސް ހަތަރުސަތޭކަ ފަންސާސް ރުފިޔާ) |
މުސާރައާއި އިނާޔަތްތައް: |
މުސާރައިގެ %45 |
ސަރވިސް އެލަވަންސް: |
މުސާރައިގެ %35 |
ޙާޟިރީ އެލަވަންސް: |
މުސާރައިގެ %20 |
އިތުރުގަޑީގެ އެލަވަންސް: |
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ (ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ (ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ (ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން. (ބ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން. |
ފެންވަރު ނުވަތަ ޝަރުތު: |
(ހ) ޑިޕާޓްމަންޓަށް ލިބޭ އެންމެހައި ލިޔެކިޔުންތައް ޗެކްކޮށް އެންޓްރީކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާކުކުރުން. (ށ) ޑިޕާޓްމަންޓަށް ލިބޭ އެންމެހައި ލިޔެކިޔުންތަކުގެ ތެރެއިން ޖަވާބުދާރީ ވާންޖެހޭ ލިޔެކިޔުންތަކަށް ޖަވާބު ދިނުން. (ނ) މުވައްޒަފުންނަށް ހަވާލުކުރަން ޖެހޭ ޗިޓް (މީގެ ތެރެއިން ވަޒީފާގެ ޕްރޮބޭޝަންގައި ގެންގުޅެން ފެށި ކަމުގެ ލިޔުން، ވަޒީފާ ދާއިމީ ކުރެވޭ ޗިޓް، ޑިޕާޓްމެންޓް ބަދަލު ކުރެވޭ ޗިޓް) ތައްޔާރުކުރުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. (ރ) އިދާރީ ހުރިހާ ކަންތައްތަކެއްގައި އެހީތެރިވުމާއި އިސްމުވައްޒަފުން އަންގާ އޮފީހުގެ މަސައްކަތްތައް ކުރުން. (ބ) އޮފީހުގެ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން އަދި ލިޔެކިޔުންތައް ފަސޭހައިން ހޯދޭނެ ފަދަ ގޮތަކަށް ދުވަހުން ދުވަހަށް ފައިލްކުރުން. (ރ) އަތޮޅުތެރޭގެ ބްރާންތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ ވަޒީފާގެ އަޙުލާޤާއި ގުޅުންހުރި މައްސަލަ ޙައްލުކުރުމާއި ފިޔަވަޅު އަޅަންޖެހޭ ނަމަ އެޗް.އާރ ޕޮލިސީ އާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދޭތޯ ބެލުން. (ބ) މުސާރަ ތައްޔާރުކުރުން. |
މަސްއޫލިއްޔަތު: |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުން (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް އަދި ކުންފުނީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: [email protected]
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
11 ޞަފަރު 1445
27 އޮގަސްޓް 2023