ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އެސިސްޓެންޓް ރިސަރޗް އޮފިސަރ

އިޢުލާން

ދިވެހިބަހުގެ އެކެޑަމީއަށް، މި ދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.

މަޤާމުގެ ނަން

އެސިސްޓެންޓް ރިސަރޗް އޮފިސަރ

ބޭނުންވާ އަދަދު

1

ރޭންކް

ޖީ.އެސް. 4

ކްލެފިކޭޝަން

އޮފިސަރ ގްރޭޑް 2 /  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

5020.00

ސަރވިސް އެލަވަންސް

1500.00

މަޤާމުގެ ގިންތި:

ދާއިމީ

މަސައްކަތްކުރަންޖެހޭ ތަން ސެކްޝަން:

ބަހާބެހޭބައި

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ/ މާލެ،

ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ,
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'  ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މަސްއޫލިއްޔަތު:

  • ބަހާއި އަދަބިއްޔާތު ކުރިއަރުވައި ތަރައްޤީކުރުމަށް ބާއްވާ މުބާރާތްތަކާއި އެކިއެކި ހަރަކާތްތައް ރާވާ ހިންގުން.
  • ބަހާއި އަދަބިއްޔާތު ކުރިއަރުވައި ތަރައްޤީކުރުމަށް ބާއްވާ މުބާރާތްތަކާއި އެކިއެކި ހަރަކާތްތަކުގެ ނަތީޖާއާ ބެހޭ ފަންނީ ރިޕޯޓުތައް ހެދުމާއި އެކަންކަމާ ބެހޭ ދިރާސާތައް ހެދުން.
  • ބަހާއި އަދަބިއްޔާތު ކުރިއަރުވައި ތަރައްޤީކުރުމަށް ބާއްވާ މުބާރާތްތަކާއި އެކިއެކި ހަރަކާތްތަކާ ގުޅުން ހުރި ބައްދަލުވުންތަކާއި މަސައްކަތު ބައްދަލުވުންތައް ރާވައި ހިންގުން. 
  • ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކުރާ މުނާސަބަތުތަކާއި ދުވަސްތައް ޤައުމީ ފެންވަރުގައި ފާހަގަކުރަން ކުރާނެ ކަންތައްތަކާ ބެހޭ ޕްރޮޕޯސަލް ތައްޔާރުކުރުމާ، އެ ކަންކަމުގެ ފަންނީ ލަފާ ދިނުން.
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ތަފާތު ކޯސްތަކާއި ސެމިނަރ، މަސައްކަތު ބައްދަލުވުންތައް ފަދަ ހަރަކާތްތައް ރާވައި ހިންގުން.
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިންގާ އެކިއެކި ހަރަކާތްތަކާ ބެހޭ މަޢުލޫމާތު މީޑިއާގައި ހާމަކުރުން.
  • ބޭރުބަސްބަހުން ލިޔެފައި ހުންނަ ބަހާއި އަދަބިއްޔާތުގެ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުން.
  • ދިވެހިބަހާއި އަދަބިއްޔާތާގުޅޭގޮތުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫޢުތަކުގެ ޕްރޮޕޯސަލް ތައްޔާރުކުރުން.
  • މަޤާމުގެ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ކުރަންޖެހޭކަންތަކުގެ މަޢުލޫމާތު ޢާންމުންނާ ހިއްސާކުރުން.
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ބައިނަލްއަޤުވާމީ ދުނިޔެއަށް އެކެޑަމީ ތަޢާރަފްކުރުމާއި ބައިނަލްއަޤުވާމީ ގުޅުންތައް ގާއިމުކުރަން ކުރަން ޖެހޭ ފަންނީ އެންމެހައި މަސައްކަތްތައް ކުރުން.
  • ރިސާރޗް ކުރަންއަންނަ ބޭރުގެ ފަރާތްތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.
  • އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާ ބަހުގެ ތަރައްޤީއަށް ހިންގާ ތަފާތު އެކި ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  • އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. 

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ތަޢުލީމީ ގޮތުން އެންމެމަތީ މާކުސް ލިބިފައިވުމާއި ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  • ދިވެހިބަހުންނާއި އިނގިރޭސި ބަހުން މުޢާމަލާތުކުރުމުގެ ޤާބިލުކަން ހުރުން.
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން. 
  • ކަންކަން ކުރަން އިސްނެގުމުގެ ހުނަރުހުރި މިންވަރު.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ކުއްޖެއްކަމުގައިވުން.

ސްކްރީން ކުރުމުގައި ބަލާނެ ކަންތައްތައް:

  • އިޢުލާނުގައިވާ ސުންގަޑިއަށް ފޯމު ހުށަހަޅައިފައިވުން.
  • ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތައް ހަމައަށް ހުރުން.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް ޢައްޔަން ކުރުމުގެ ޝަރުޠުތައް ފުރިހަމަވެފައިވުން.
  • އިޢުލާނުގައިވާ އަސާސީ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދީފައިވާ ލިޔެކިޔުންތައް.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ނަކަލު (އެކްރެޑިޓްކޮށް އަދި އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)
  • ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ދިވެހިބަހުގެ އެކެޑަމީއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމޭލް އެޑްރެހާއެކު)

ފޯމު ހުށަހަޅަންވީ ސުންގަޑި:

 މާރިޗު މަހުގެ 2 ވާ ހޯމަ ދުވަހުގެ މެންދުރު ފަހުގެ 2:45

ފޯމު ހުށަހަޅަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ

އިތުރު މަޢުލޫމާތު:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އެކެޑަމީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:00 ން 15:00 އަށް ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނާއި ފޯމު މި އެކެޑަމީގެ ވެބްސައިޓް: www.dhivehiacademy.edu.mv ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސާރވިސްގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ 3345299 ނުވަތަ 3345297 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވަން ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް ހަފުތާ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީގައެވެ.
18 ފެބުރުވަރީ 2015
ހޯދާ