ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ގޮނޑުދޮށުން ދޮންވެލި، އަކިރި އަދި ކަށިވެލި ނެގުން މަނާ ކުރުން

މި ރަށުގެ ގޮނޑުދޮށުން ދޮންވެލި، އަކިރި އަދި ކަށިވެލި ނެގުމަކީ ތަފާތު އެކި ފަހަރު މަތިން މަނާކުރެވިފައިވާ ކަމެއްކަމަށް ވީނަމަވެސް، މިހާރަކަށް އައިސް ބައެއް ފަރާތަކުން ގޮނޑުދޮށުން އަކިރި އަދި ކަށިވެލި ނަގަމުންދާކަމުގެ ޝަކުވާ މި ކައުންސިލަށް އަންނަނީ ލިބެމުންނެވެ.

މި ކަމަކީ ޤާނުނު ނަންބަރު 93/4 ( ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާއިދު ނަންބަރު 2012/R-9 ( ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދު) ގެ ދަށުން ފިޔަވަޅު އެޅޭނެ ކުށެއްކަމުގައި ހުރިހާ ރައްޔިތުންގެ ސަމާލުކަމަށް ދަންނަވަމެވެ.

އަދި، މި ރަށުގެ ގޮނޑުދޮށުން ދޮންވެލި، އަކިރި އަދި ކަށިވެލި ނަގަމުންދާ ފަރާތްތަކާމެދު ކަމާގުޅޭ ގަވާއިދުތަކުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަމުންދާނެކަމުގައިވެސް ދެންނެވީމެވެ.

24 އޮގަސްޓް 2023
ހޯދާ