ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކައުންސިލަށް ތިރީގައިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

ކައުންސިލް އެސިސްޓެންޓް

މަޤާމް:

      J-371067

މަޤާމުގެ ނަންބަރު

1 (އެކެއް)

ބޭނުންވާ އަދަދު

ދާއިމީ

މަޤާމުގެ ގިންތި:

އެސް.އެސް 1

މަޤާމުގެ ރޭންކު:

ސަޕޯޓް ސަރވިސް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

3,100.00 (ތިން ހާސް އެއްސަތޭކަ) ރުފިޔާ

މުސާރަ:

1,000.00 (އެއް ހާސް) ރުފިޔާ

ސަރވިސް އެލެވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯރޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ 1200.00 (އެއްހާސް ދުއިސައްތަ) ރުފިޔާ މަހަކު

ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ ނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައި ދެވޭނެ.

އެހެނިހެން އެލަވަންސް

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލާއ ޙަވާލުވެހުންނަ ސްޕަވައިޒަރަށް ޖަވާބުދާރީވުން.
  2. ކުނިކޮށްޓަށް ކުނިގެންދާ ފަރާތްތަކުން ކުނި އެޅުމަށް ކަނޑައަޅާފައިވާ ތަންތަނަށް ކުނި އަޅާތޯ ބަލައި އެތަންތަނަށް ކުނި އެޅުވުން.
  3. ކުނިކޮށްޓަށް ގެންދެވޭ ކުނި ވަކިކޮށްގެން ނުގެންދާ ފަރާތްތަކަށް އެކަން ހަނދާންކޮށްދީ ތަކުރާރުވާ ފަރާތްތަކުގެ މައުލޫމާތު ރަށު ކައުންސިލަށް އެންގުން.
  4. ކުނި ކޮއްޓަށް ގެންދެވޭ ކުނިތައް ދުވަހުން ދުވަހަށް ނައްތާލުމަށް މަސައްކަތް ކުރުމާއި އެކުންޏެއް އެޅުމަށް ކައުންސިލުން ހަމަޖައްސާފައިވާ ސަރަހައްދުތަކަށް އެޅުން.  
  5. ކުނިކޮށްޓަށް ވަންނަށް އޮންނަ މަގާއި ހުސްކޮށް އޮންނަ ސަރަހައްދު ނޮޅާ ސާފުކޮށް ބެލެހެއްޓުން.   
  6. ކުނިކޮށްޓަށް ހޯދާފައިހުންނަ ހުރިހާ އެއްޗެއް އަމާނަތްތެރިކަމާއެކު ބެލެހެއްޓުން
  7. އަންދާކުނި އެންދުމުގައި އާއްމުންނަށް އުނދަގޫ ނުވާނެ ގޮތެއްގެ މަތިން އެންދުން.
  8. ކައުންސިލްގެ ބެލުމުގެދަށުގައި ހުރި އިމާރާތްތަކާއި އެހެނިހެން ތަންތަން ކައުންސިލުން އަންގާ ގޮތެއްގެމަތިން ސާފުކޮށް، ބެލެހެއްޓުން.
  9. ޤައުމީ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް ކައުންސިލުން ކުރާ މަސައްކަތުގައި ބައިވެރިވުން
  10. މަސައްކަތު ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން
  11. ކައުންސިލްގެ އިދާރާގެ ހުރިހައި މުވައްޒަފުން ނުކުމެކުރާ ޚާއްޞަ މަސައްކަތުގައި ބައިވެރިވުން.
  12. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  13. ކައުންސިލުން އަންގާގޮތެއްގެ މަތީން ޢިޖްތިމާޢީތަންތަން ސާފުކޮށް ބެލެހެއްޓުން
  14. ކައުންސިލުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތައް ބަނދަރަށް ވަދެނިކުމުވާ ދޯނިފަހަރާއި ބަނދަރުގައި އަޅާފައި ހުންނަ ދޯނިފަހަރު އަދި މުދާ ބޭލުންފަދަ ކަންކަން ކުރިއަށްދާކަން ކަށަވަރުކުރުމާއި މައްސަލައެއް އުޅޭނަމަ އެކަން ސުޕަވައިޒަރުގެ ސަމާލުކަމަށް ގެނައުން
  15. ރަށުގައި ހަދާފައިވާ މަގުތަކާއި ސަހަރާ ވާވިޔަނުދީ ސާފުކޮށް ބެލެހެއްޓުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ލިޔަން ކިޔަން އެނގުން

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

ސްކްރީނިންގ މަރުޙަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން

ނުވަތަ

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގާދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ގުޅޭ ވަޒީފާގެ ދާއިރާ
ފޮޅާ ސާފުކުރުން

ތަޢުލީމީ ރޮގުތައް:

-          ނެތް

ޕްރެފަރޑް ޑިސިޕްލިންތައް:

-          ނެތް

ކޯރ ޑިސިޕްލިންތައް:

ނެތް  

މަޤާމުގެ ޝަރުތުތައް:

  • އަސާސީ ޝަރުތު ހަމަވުން %50
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5
  • އިންޓަރވިއު %40

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70% އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

 

 

(ހ) ސިވިލް ސަރވިސްގެ ދާއިމީ ވަޒީފާއަށް މީހުން ޢައްޔަނު ކުރެވޭނީ، މަޤާމުގެ ޝަރުތުތަކާއެކު، ސިވިލް ސަރވިސް ގަވާއިދުގެ 78 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ތިރީގައި މިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކެވެ.

1. ދިވެހި ރައްޔިތަކަށްވުން.

2. އަސާސީ ތަޢްލީމުގެ ފެންވަރަށް ލިޔަން ކިޔަން އެނގޭ މީހަކު ކަމުގައި ވުން.

3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތަކަށް ނުވުމާއި، އުމުރުން 60 (ފަސްދޮޅަސް) އަހަރަށްވުރެ ދޮށީ އުމުރުގެ މީހަކަށް ނުވުން. (ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ހުރި އުމުރުން 60 (ފަސްދޮޅަސް) އަހަރުވެފައިވާ މުވައްޒަފަކު ސިވިލް ސަރވިސްގެ އެހެން ވަޒީފާއަކަށް ބަދަލުކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.)

4. ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކުށެއް ކުރިކަން ސާބިތުވެ، ޙުކުމް ކޮށްފައިވާ މީހެއް ނަމަ، އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅި އަދަބު މާފުކުރިތާ 3 (ތިނެއް) އަހަރުދުވަސް ވެފައިވުން. ނަމަވެސް ކުޑަކުދިންނަށް ޖިންސާ ގޯނާކުރިކަމުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް، ކުޑަކުދިންނާ މުޢާމަލާތު ކުރަންޖެހޭ ވަޒީފާއަކަށް ޢައްޔަނެއް ނުކުރެވޭނެއެވެ.

5. ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ ދަށުން ކަނޑައަޅައިފައިވާ ޓެރަރިސްޓް ޖަމާޢަތަކަށް ނިސްބަތްވާ ފަރާތެއް ކަމުގައި ނުވުން.

6. ޢައްޔަނުކުރާ މީހަކީ، އޭނާގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަ ދަރިޔަކު، ނުވަތަ އަނތްބަކު، ނުވަތަ ފިރިޔަކު، ނުވަތަ އެއްބަނޑު އެއްބަފާ މީހަކު، ނުވަތަ އެއްބަނޑު މީހަކު ނުވަތަ އެއްބަފާ މީހަކު ސީދާގޮތުން ސުޕަވައިޒްކުރަންޖެހޭ ނުވަތަ ރިޕޯޓްކުރަންޖެހޭ މީހެއްކަމުގައި ނުވުން.

i. މި މާއްދާގައި މިހެން އޮތްކަމުގައިވީ ނަމަވެސް، ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ، ސަރުކާރުގެ މިނިސްޓްރީއެއްގައި ސީދާ މަސައްކަތްކުރުމަށް ކަނޑައަޅައިފައިވާ ވަޒީފާއެއްކަމުގައި ނުވެފައި، އެއީ މިނިސްޓްރީއެއްގެ ދަށުން ހިނގާ ވަކި އޮފީހެއްގެ ވަޒީފާއެއް ކަމުގައިވާ ނަމަ، އަދި އެ ފަދަ އޮފީހަކީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ ބެލުމުގެ ދަށުން ހިނގާ ތަނެއް ކަމުގައި ނުވެފައި، އެއީ އެހެން ޒިންމާދާރު އިސްވެރިއެއްގެ ބެލުމުގެ ދަށުން ހިނގާ އޮފީހެއް ކަމުގައިވާ ހާލަތުގައި، މި ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ގުޅުމެއް އޮތް ކަމުގައި ބެލެވޭނީ، އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއާއި ވަޒީފާއަށް ކުރިމަތިލާ ފަރާތާ ދެމެދު އެފަދަ ގުޅުމެއް އޮންނަ ނަމައެވެ.

ii. ވަޒީފާއަށް ހޮވޭ ފަރާތަށް ވަޒީފާއަށް ޢައްޔަނުކުރުމަށް ފޮނުވުމުގެ ކުރިން، އެ ފަރާތުން މަސައްކަތްކުރަންޖެހޭ އޮފީހުގައި އެ ފަރާތުގެ މަސައްކަތް ސުޕަވައިޒްކުރުމަށް ކަނޑައަޅާ ފަރާތަކީ ނުވަތަ އެ ފަރާތުން ރިޕޯޓްކުރަންޖެހޭ ފަރާތަކީ، މި ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ގުޅުމެއް ވަޒީފާއަށް ހޮވޭ ފަރާތާ ދެމެދު އޮތް ފަރާތެއް ނޫންކަން އެ އިދާރާގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާ ކަށަވަރުކުރަންވާނެއެވެ.

7. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހެއް ކަމުގައި ނުވުން.

8. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާ ގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިސްކުރާ މަޤާމެއްގައި ހުރި މީހެއް ކަމުގައި ނުވުން.

9. ދައުލަތުގެ އެއްވެސް މަޤާމަކުން މުސްކުޅި ކޮށްފައިވާ މީހަކު ކަމުގައި ނުވުން.

10. ދައުލަތުގެ ވަޒީފާއެއްގައި ހުރި މީހަކު ކަމުގައި ނުވުން.

11. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން ނުވަތަ 7 ވަނަ ނަންބަރުގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ނަމަ، ވަޒީފާއިން ވަކިކުރިތާ 6 (ހައެއް) މަސްދުވަސް ވެފައިވުން.

ސިވިލް ސަރވިސްގެ ވަޒީފާއަށް ޢައްޔަން ކުރުމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

 https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv  އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)   ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ   އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ  ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި   (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ހުށަހަޅަންޖެހޭ ލިޔުންތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާން އަދި އިންޓަވިއު އޮންނާނީ، 10 ސެޕްޓެމްބަރ 2023 އިން 26 ސެޕްޓެމްބަރ 2023 އާ ދެމެދު، ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިދާރާގައެވެ.

އިންޓަވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި މުއްދަތު:

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން:

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520027 އެށެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

ވީމާ މިކަން އެންގުމަށްޓަކައި އާންމުކޮށް އިޢުލާން ކުރީމެވެ.

23 އޮގަސްޓް 2023
ހޯދާ