ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

 ޕްރިންޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

3875.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

މަޤާމުގެ ރޭންކް:

 ސަޕޯޓް ސަރވިސް 3

ކްލެސިފިކޭޝަން:

 ސަޕޯޓް ސްޓާފް ގްރޭޑް 3

ވަޒީފާ އޮތް އޮފީސް:

ދ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ދ. އަތޮޅު ތަޢުލީމީ މަރުކަޒު / ދ. ކުޑަހުވަދޫ

ވަޒީފާގެ ގިންތި

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިދާރީ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1) ސްކޫލުން ޕްރިންޓުކުރަންޖެހޭ ތަކެތި، ރައްކާތެރިކަމާއެކު ޕްރިންޓުކުރުން.

2) ސްކޫލުގެ ޕްރިންޓަރުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

3) ސްކޫލުން ތައްޔާރުކުރާ ފޮތާއި ލީފުލެޓްފަދަ ތަކެތި ޕްރިންޓުކޮށް، އެ ތަކެތީގައި ހީރަސްޖަހައި، އެތަކެތި ބެލެހެއްޓުން.

4) ޓީޗަރުން އެދިލައްވާ ވަގުތަށް، ވޯކުޝީޓުތަކާއި ޓެސްޓު ޕޭފަރުތައް ޕްރިންޓުކޮށް ބެލެހެއްޓުން.

5) ޕްރިންޓުކުރުމާބެހޭ އާލާތްތައް، ޤަވައިދުތަކާ އެއްގޮތަށް ބެލެހެއްޓުން.

6) ބައިންޑްކުރަންޖެހޭ އެންމެހައި ތަކެތި ބައިންޑްކޮށް، އެތަކެތި ބެލެހެއްޓުން.

7) ޕްރިންޓް ރޫމަށް ހޯދޭ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ޕްރިންޓިންގ މެޝިންތައް ބެލެހެއްޓުން.

ޝަރުޠު:

1) މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2) މަޤާމުގެ މަސައްކަތު ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން، އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަ­ށް އިންޓަވިއުކޮށްގެން.
  4. މީގެ އިތުރުން، ކޮމްޕިއުޓަރަށް / އައި.ސީ.ޓީ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބެލޭނެއެވެ.

އިންޓަރވިއު ކުރުން:

  1. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަނާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
  2. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަށް ޝޯޓްލިސްޓު ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.
  3. މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.
  4. މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ދ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ.
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް ހުށަހެޅުން.
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ސާފު ކޮޕީއެއް.
  8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއެކު )

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  1. މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ.
    1. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2015 މާރިޗު 5 ވާ ބުރާސްފަތި ދުވަހުގެ  15:00 ގެ ކުރިންނެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ  7952914 ނަންބަރ ފޯނަށް ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015
ހޯދާ