މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ނެޝަނަލް ކްލައިމެޓް އައުޓްލުކް ފޯރަމް ބާއްވާނެ ހޯލަކާއި ކޭޓަރިންގގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ރާއްޖޭގައިބާއްވާ ފުރަތަމަ ނެޝަނަލް ކްލައިމެޓް އައުޓްލުކް ފޯރަމް ބާއްވާނެ ހޯލަކާއި ކޭޓަރިންގގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި ދުނިޔޭގެ މޫސުމާބެހޭ ޖަމްޢިއްޔާ ގުޅިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ނެޝެނަލް ކްލައިމެޓް އައުޓްލުކް ފޯރަމް 28 އަދި 29 އެޕްރީލް 2015 ގައި މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގައި ގާތްގަނޑަކަށް 55 ބޭފުޅުން ބައިވެރިވާނެކަމަށް ބެލެވެއެވެ. ވީމާ، މިފޯރަމް ބާއްވާނެ ހޯލެއް ހޯދުމާއި، ފޯރަމް ކުރިއަށްދާ ދެދުވަހު ފޯރަމްގެ ބައިވެރިންނަށް 3 އިރު ކޭޓަރިންގގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ދެކަންތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2 މާރިޗު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ހުޅުލޭގައި ހުންނަ މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 9 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިއޮފީހަށް ވަޑައިގެން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 9 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި، ހުޅުލޭގައި ހުންނަ މި އޮފީހުގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ. ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ޓާމްސް އޮފް ރިފަރެންސްގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން މިކަމަށް އެންމެ އެކަށޭނަ ފަރާތެއް ހޮވައި، ބިޑް އެވޯޑްކުރާނެ ފަރާތެއް ނިންމާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެޖެންސީ ޓެންޑަރ ކޮމިޓީންނެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯނު 3323084 ، ފެކްސް 3320021،

އީމެއިލް [email protected] އަށެވެ.

04 ޖުމާދަލްއޫލާ 1436

23 ފެބުރުވަރީ 2015
ހޯދާ