މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފުށިދިއްގަރު ފަޅުން ގޯއްޗާއި، ހުޅުމާލެއިން ފުލެޓު ލިބޭނެކަން ބަޔާންކޮށް ދޫކޮށްފައިވާ ލިޔުންތަކާއި ގުޅޭ

2018 ނޮވެންބަރ މަހުގެ 8 ވަނަ ދުވަހުން ފެށިގެން "ހިޔާ އެކޮމްޕްލިޝްޑް" ކިޔާ ޕްރޮގްރާމަކުން ފުށިދިއްގަރު ފަޅުން ގޯއްޗާއި، ހުޅުމާލެއިން ފުލެޓު ލިބޭނެކަން ބަޔާންކޮށް އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ދޫކޮށްފައިވާ ލިޔުންތަކެއް މިހާރު މިމިނިސްޓްރީއަށް ހުށަހަޅަމުން އެބަ ގެންދެއެވެ. ނަމަވެސް މިދެންނެވިފަދަ އެއްވެސް ލިޔުމެއް ދޫކޮށްފައިވާކަމުގެ ރެކޯޑެއް ސަރުކާރު ބަދަލުވިއިރު މިމިނިސްޓްރީގައި ނެތްކަން ފާހަގަ ކުރަމެވެ.

 

       ވީމާ، އޭރުގެ މިނިސްޓްރީއޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގޯއްޗާއި ފުލެޓު ލިބޭނެކަމަށް ބުނެ ދޫކޮށްފައިވާ އެފަދަ ލިޔުންތައް އެކިފަރާތްތަކުން މި މިނިސްޓްރީއަށް ހުށަހަޅަމުން ގެންދާތީ، އެކަން ހިނގާފައިވާގޮތް ބެލުމަށާއި އަދި ލިޔުން ޙަވާލުކޮށްފައިވާ މީހުންގެ އަދަދު ދެނެގަނެ އެ މައްސަލައަށް ޙައްލުހޯދައިދެވޭނެ ގޮތެއް ބެލުމަށް މިމިނިސްޓްރީން ބޭނުންވާތީ އެފަދަ ލިޔުން ލިބިލައްވާފައިވާ ފަރާތްތަކުން އެލިޔުންތައް 15 ސެޕްޓެންބަރ 2023 ގެ 14:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުމަށް ދަންނަވަމެވެ. މިގޮތުން ލިޔުން ހުށަހަޅުއްވާއިރު ލިޔުމާއި ޙަވާލުވިތަނާއި ތާރީޚް އެނގޭނެ ގޮތަށް ސިޓީއަކާއެކު ހުށަހެޅުމަށް ދަންނަވަމެވެ.

23 އޮގަސްޓް 2023
ހޯދާ