ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
MBC-PRC/HA/2015/019 |
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު.
މި ކޯޕަރޭޝަނަށް ގަންނަން ބޭނުންވާ 2 ޕްރޮޖެކްޓަރު ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރުIUL) MBC-FP/MBC/2015/18) އިޢުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯޒަލްތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 ފެބުރުވަރީ 2015 ބުރާސްފަތި ދުވަހުގެ 11:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 މާރިޗު 2015 ބުދަ ދުވަހުގެ 11:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.
27 ރަބީޢުލްއާޚިރު 1436