އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާރކް ހެދުމާއިގުޅޭ

         މިއިދާރާއިން އަލަށް ހަދާފައި ކުޑަކުދިންގެ ޕާރކަށް ލިބިފައިވާ ތަކެތި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

         ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 އޯގަސްޓް 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލްގެ ފޯން ނަންބަރު 6680057 އަށް ގުޅުއްވައިގެން، ނުވަތަ ވައިބަރ ނަންބަރު 9386644 އަށް މެސެޖުކުރައްވައިގެން ނުވަތަ ރަސްމީގަޑީގައި ކައުންސިލަށް ދުރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓް ކުރާ ފަރާތްތަކަށް ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ވިޔަފާރިތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުމަށް

28 އޮގަސްޓް 2023 (ހޯމަ) ދުވަހުގެ 12:00 ގެ ކުރިން

28 އޮގަސްޓް 2023 (ހޯމަ) ދުވަހުގެ 13:00 ގައި

4 ސެޕްޓެމްބަރ 2023 (ހޯމަ) ދުވަހު 13:00 އަށް

 

 

                    އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ނަންނޯޓްނުކުރައްވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6680057 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

23 އޮގަސްޓް 2023
ހޯދާ