ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

މި ސްކޫލްގެ ނަމްބަރު އިޢުލާން GS-65-B/IUL/2023/46  ( 12އޮގަސްޓު 2023)އިޢުލާނާއި ގުޅިގެން ގަސްބުޑުތައް ނެގުމުގެ މަސައްކަތަށް އެއްވެސް ފަރާތަކުން އަގެއް ހުށައަޅާފައިނުވާތީ، އެ މަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

  1. ސްކޫލްގެ އެކި ސަރަޙައްދުތަކުގައި ހުރި ގަސް ބުޑުތައް ނެގުން (25 ގަސް ބުޑު)

-          ގަސް ބުޑު ނަގަންވާނީ އައު ގަހެއް އެތަނުގައި ހެއްދޭނެ މިންވަރަށް ގަހުގެ ބުޑުގެ ވަށައިގެންވާ ސަރަޙައްދު ކޮނެ ގަހުގެ މޫތައް ކަނޑައި ނަގައިގެންނެވެ. އަދި މަސައްކަތްކުރުމުގައި ސްކޫލްގެ ޢިމާރާތާއި ޢިމާރާތުގެ ވަށާ ފާރަށް ގެއްލުމެއް ނުލިބޭނެގޮތަށް މަސައްކަތްކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 އޮގަސްޓު 27 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.

1-      މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން

2-      މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރުން

3-      އަގު ހުށަހެޅުމަށް ދުރުވާ ފަރާތުގެ އައި.ޑީ.ކާޑު ގެނައުން

4-      މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

23 އޮގަސްޓް 2023
ހޯދާ