ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް) ނޯތު ޒޯން، ނޯތު ސެންޓްރަ ޒޯން، ސެންޓްރަލް ޒޯން، މާލެ ޒޯން އަދި ސައުތު ޒޯން، ސައުތު ސެންޓްރަލް ޒޯން) 2023

 

އިޢުލާން 

18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް) ނޯތު ޒޯން، ނޯތު ސެންޓްރަ ޒޯން، ސެންޓްރަލް ޒޯން، މާލެ ޒޯން އަދި ސައުތު ޒޯން، ސައުތު ސެންޓްރަލް ޒޯން) 2023

 

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ރާއްވާހިންގާ 18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ތާރީޚް އާއި ޒޯންތައް ތިރީގައި ވަނީއެވެ.

  • ނޯތު ޒޯން - ނޯތު ސެންޓްރަލް ޒޯން (ބ. އޭދަފުށި): 16 ސެޕްޓެމްބަރ 2023 އިން 22 ސެޕްޓެމްބަރ 2023 އަށް.
  • ސެންޓްރަލް ޒޯން – މާލެ ޒޯން: 29 ސެޕްޓެމްބަރ 2023 އިން 05 އޮކްޓޯބަރ 2023 އަށް.
  • ސައުތު ޒޯން - ސައުތު ސެންޓްރަލް ޒޯން (އައްޑޫ ސިޓީ، ސ. ހިތަދޫ): 13 އޮކްޓޯބަރ 2023 އިން 19 އޮކްޓޯބަރ 2023 އަށް.

 

މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު:

  • ނޯތު ޒޯން – ނޯތު ސެންޓްރަލް ޒޯން: 07 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.
  • ސެންޓްރަލް ޒޯން – މާލެ ޒޯން: 21 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.
  • ސައުތު ޒޯން - ސައުތު ސެންޓްރަލް ޒޯން: 27 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން.

 

ވީމާ، މިމުބާރާތްތަކުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހާ ސްކޫލް/މަދަރުސާތަކުން މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތު ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރ އެނގޭނެގޮތަށް  ބެޑްމިންޓަން އެސޯސިއޭޝަންގެ ޓޯރނަމެންޓް މެއިލް: [email protected] އަށް ލިޔުމުން ހުށައެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 15:30 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

 

23 އޮގަސްޓް 2023

23 އޮގަސްޓް 2023
ހޯދާ