ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ

މި އިޢުލާންވަނީ 05 ސެޕްޓެންބަރު 2023 21:24 ގައި ބާތިލް ކުރެވިފައެވެ.


ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު – އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ


HAAH/HAAH/2023/39(IUL)

އިޢުލާނު

މަޤާމު:

އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-253056

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ އަތޮޅު ހޮސްޕިޓަލް / ފްރަންޓް އޮފީސް މެނޭޖްމަންޓް ޔުނިޓް

މުސާރަ:

4,465 ރުފިޔާ

ސަރވިސް އެލަވަންސް:

1,500.00 ރުފިޔާ

ސަޕޯރޓިން ކޯ އެލަވަންސް:

700.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ހަމަޖެހިފައިވާ އުޞޫލުން ޙެލްތު އެލަވަންސް އާއި އިތުރުގަޑީގެ ފައިސާ އަދި ރިސްކު އެލަވަންސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށާއި ޚިދުމަތް ހޯދަން ގުޅާ ފަރާތްތަކަށް ހޮސްޕިޓަލުގެ ޚިދުމަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމާއި ، މެމޯހަދައި ދިނުމާއި ، ޚިދުމަތް ހޯދުމަށް ޑިޕާޓްމަންޓުތަކަށް ދާންޖެހޭ މަގު ދައްކައިދިނުން.

2- ހޮސްޕިޓަލުގެ ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ޚިދުމަތަކީ އެފަރާތްތަކުން ބަލައިގަނެވޭފަދަ އަދި ހިތްހަމަޖެހޭގޮތަށް ފޯރުކޮށްދެވުނު ޚިދުމަތަކަށް ހެދުމަށް މަސައްކަތްކުރުން.

3- ކަސްޓަމަރުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުން: އެގޮތުން މައްސަލަތައް ރަނގަޅަށް ސާފުކޮށް، އެމައްސަލަތައް ހައްލުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައި އެމައްސަލަ ހައްލު ކުރެވޭނޭ ގޮތްތަކާއި އެކަމުގެ އޯލްޓަނޭޓިވްސް ހޯދުމާއެކު، އެ މައްސަލަތައް ހައްލުކުރުމާއި، ހައްލުނުކުރެވޭ މައްސަލަތައް ސްޕަވައިޒަރުގެ ސަމާލުކަމަށް ގެނައުން.

 4- ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީތެރިވެދީ ޑޮކްޓަރުގެ ބޭނުމަށް ބަލިމީހާކުރަންޖެހޭ ޙަރަކާތްތަކާއި، ކުރަންޖެހޭކަންކަން ރަނގަޅަށް ސާފުކޮށް ކިޔައިދިނުމާއި ޕްރޮސީޖަރތައް ހެދުމުގައި ޑޮކްޓަރު ބޭނުން ވެއްޖެ ހިނދެއްގައި އެހީތެރިކަށް ފޯރުކޮށް ދިނުމާއި މެޑިކަލް ރެކޯޑްސްއަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ވެފައި ވޭތޯޗެކްކުރުން އަދި ދުވަހުން ދުވަހަށް ލިޔެކިޔުންތައް ނިންމުން.

5- ކްލިނިކަލް އެސިސްޓެންޓުނާއި ކައުންޓަރތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޑިއުޓީ އަދި ޗުއްޓީ ތާވަލް ތައްޔާރުކުރަންޖެހިއްޖެނަމަ އެމަސައްކަތްތައްކުރުމާއި، ސަލާމުގެ ޗުއްޓީ އަދި ޢާއިލީ ޒިންމާގެ ޗުއްޓީ ނެގުމުން، ޑިއުޓީތަކަށް މުވައްޒަފުން ހަމަޖައްސައި ޑިއުޓީރޯސްޓާތައް ތައްޔާރުކުރަން ހަވާލުކޮށްފިނަމަ އެމަސައްކަތްކުރުން 

6-  އޯ ޕީ ޑީ ކައުންޓަރަށާއި އޯޕީޑީ ރޫމްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ސްޓޯރަށް ފޮނުވަންޖެހޭ ފޯމް ތައްޔާރުކޮށް ސްޓޯރަށްފޮނުވުމާއި، ސްޓޮކުން ދޫކުރާ ތަކެއްޗާހަވާލުވުން އަދި ތަކެތި ގެނެސް ސްޓޮކްގައި ތަރުތީބުކޮށް ބަހައްޓައި ސްޓޮކް ބެލެހެއްޓުން.

7- އޯ ޕީ ޑީ ކައުންޓަރާއި،  ރޫމްތަކަށް ބޭނުންވާ ކަންކަން ހައްލުކުރުމަށް ޑިޕާޓްމަންޓްތަކަށް ވޯކްއޯޑާރ ފޮނުވައި އެކަންކަން ހައްލުކުރުން

8- ޑިއުޓީފެށުމުގެކުރިން ދުވަހުގެ މަސައްކަތްތައް ރޭވިފައިވާގޮތާއި އަންގަންޖެހޭ މުހިންމު ކަންކަން އެންގުމަށް ކޮންމެދުވަހެއްގެ ޑިއުޓީގައި ތިބޭމުވައްޒަފުންނަށް ދޭންޖެހޭ ބްރީފިން ދިނުން.

9- ހޮސްޕިޓަލުން ބާއްވާ އިވެންޓް ތަކުގެ މައުލޫމާތު ލިޔެ ތައްޔާރުކޮށް، ފޮޓޯ/ ވީޑިއޯ ނެގުމާއެކު ލަސްނުކޮށް އެޕްރޫވްކޮށް ކަނޑައެޅިފައިވާ ސޯޝިއަލް މީޑީއާގެ ޕްލެޓްފޯމްގައި ޝައިޢުކުރުން

10- މީޑިއާ އިވެންޓްތަކާއި، ހޮސްޕިޓަލުގެ ފަރާތުން ބާއްވާ އިވެންޓްތަކަށް ދަޢުވަތު ކާޑު، ބެނަރ ފަދަ ތަކެތި ޑިޒައިންކުރުން

11- ސިއްހީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  • ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް' ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

 

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ހާޞިލްކޮށްފައިވުމާއި އެކު 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނޯޓް:

މަތީގައިވާ  ދެވަނަ ޝަރުތުން މަގާމަށް ޝަރުތު ހަމަކުރުމުގައި، މަގާމަށް ކުރިމަތިލާފައިވާ ފަރާތުން "ދިވެހިބަހުގެ ދާއިރާ" އިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެ ސަނަދުން ޖީ.އެސް.3 ގެ ޝަރުތުގައި ހިމެނޭ ދެ ކޮމްޕޯނަންޓް ފުރިހަމަވާ ކަމުގައި ( އެސަނަދުން މަގާމަށް ޝަރުތު ހަމަވާކަމުގައި) ބަލަންވާނެއެވެ.

 

މަގާމުގެ މަސައްކަތުގެ ދާއިރާތައް:

  • މާކެޓިންގް
  • މީޑިއާ
  • ޖަރނަލިޒަމް
  • ޕަބްލިކް ރިލޭޝަންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިހޮސްޕިޓަލްގެ އިދާރީ އޮފީހުގެކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލްކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (3ވަނަ އިސްލާޙް) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 އޮގަސްޓް 2023 ވާ (ބުރާސްފަތި) ދުވަހުގެ ގެ 13:00 ގެ ކުރިން، ހއ އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓް ލިސްޓް ކުރުން

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް  ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 05 ސެޕްޓެމްބަރ 2023 އާއި 15 ސެޕްޓެމްބަރ 2023 އާއި ދެމެދު ހއ އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500093 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

23 އޮގަސްޓް 2023
ހޯދާ