ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫއިން ދިރިއުޅުމަށްޓަކައި ކޮންޑިޝަނަލް ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމާއި، އެލިސްޓާއިގުޅޭ ޝަކުވާތަކަށް ފުރުސަތު ހުޅުވާލުން

އިޢުލާން

ތިނަދޫއިން ދިރިއުޅުމަށްޓަކައި ކޮންޑިޝަނަލް ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމާއި، އެލިސްޓާއިގުޅޭ ޝަކުވާތަކަށް ފުރުސަތު ހުޅުވާލުން

 

               ތިނަދޫއިން ދިރިއުޅުމަށްޓަކައި ކޮންޑިޝަނަލް ގޯތި ބިން ދޫކުރުމާގުޅޭ ގޮތުން މި ކައުންސިލުން ކޮށްފައިވާ އިޢުލާނާ ގުޅިގެން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް މި އިޢުލާނާއެކު އާންމުކުރެވިފައިއެވަނީއެވެ. އަދި މި ލިސްޓް މި އިދާރާގެ ނޯޓިސް ބޯޑްގައި ވެސް ބެހެއްޓިފައިވާނެއެވެ.

                 ކޮންޑިޝަނަލް ގޯތި ބިމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ނަން ނެތިގެން ނުވަތަ އެނޫންވެސް ޝަކުވާއެއް އޮތްނަމަ އިޢުލާނު ކުރެވޭ ދުވަހުން ފެށިގެން 14 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

                މިޙާލަތުގައި ޝަކުވާ ހުށައެޅުއްވޭނީ (1) ލިސްޓުގައިވާ 4 ކޮލަމުގައިވާ މަޢުލޫމާތާއި ބެހޭގޮތުން، ނުވަތަ (2) ފޯމު ހުށައެޅި ފަރާތެއްގެ މަޢުލޫމާތު ލިސްޓުގައި ހިމެނިފައިވާ ގޮތާއި ބެހޭގޮތުން، ނުވަތަ (3) އެފަދަ ފަރާތެއްގެ މަޢުލޫމާތު ލިސްޓުގައި ހިމެނިފައިނުވާނަމަ އެކަމަކާއި ގުޅިގެންނެވެ.

                މިގޮތުން ޝަކުވާ ހުށައަޅުއްވަން ބޭނުން ކުރައްވާނެ ގޮތްތައް ތިރީގައި މިވަނީއެވެ.

  1. ގޫގުލް ފޯމު ފުރުއްވައިގެން އޮންލައިންކޮށް،  https://forms.gle/H7959svwqEQbqoU36 މި ލިންކް އިން ނުވަތަ QR ކޯޑު އިން.
  2. މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ޝަކުވާ ފޯމު ފުރުއްވައި މިއިދާރާގެ ރިސެޕްޝަނަށް ހުށައަޅުއްވައިގެން، ނުވަތަ އެފޯމު މިއިދާރާގެ ރަސްމީ އީމެއިލަށް ([email protected]) އީމެއިލް ކުރައްވައިގެން.

                  ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރ ަމެވެ.

          

23 އޮގަސްޓް 2023
ހޯދާ