ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސްކޫލް އޮފް ނަރސިންގ ގެ ނަރސިންގ އާރޓްލެބަށް ބޭނުންވާ ބައެއް ތަކެތި ގަތުން

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނަރސިންގ ގެ ނަރސިންގ އާރޓްލެބަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށް ކުރެވުނު ނަންބަރު MNU-CA-PAMD/2022/91 އިޢުލާނާ ގުޅިގެން ހުށަހެޅުނު ބީލަންތައް ޓެކްނިކަލް އިވެލުއޭޝަނުން ޑިސްކޮލިފައި ވެފައިވާތީ މި މަސައްކަތަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.  
  2. މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
  3. މި އިއުލާނާ ގުޅިގެން ހުށަހަޅާ ބީލަމާއެކު 1،000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ. (ބިޑް ސެކިއުރިޓީގެ މިންގަނޑު، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާނެއެވެ. އަދި ބިޑް ސެކިއުރިޓީގެ ފޯމެޓް މައުލޫމާތު ޝީޓްގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާނެއެވެ.
  4. ބީލަން ހުށަހެޅުން އޮންނާނީ 31 އޯގަސްޓް 2023 ވަނަ ދުވަހު 10:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު، ރަށްދެބައިހިނގުން، މާލެ ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
  6. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

ޓެކްނިކަލް ސްޕެސިފިކޭޝަނާ ގުޅޭގޮތުން ނަމަ؛

ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛

ސްކޫލް އޮފް ނަރސިންގ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3346555

އީ-މެއިލް: [email protected]

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: , 3345109, 33451483345110، 3345111

އީ-މެއިލް: [email protected]

 

22 އޮގަސްޓް 2023
ހޯދާ