ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މަކުނުދޫ މެޖިސްޓްރޭޓް ކޯޓުގެ މަރާމާތުގެ މަސައްކަތް

ނަންބަރު: B17C-A/2023/12

                                                             

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މިކޯޓުގެ ނަންބަރު B17C-A/2023/8 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން ތިރީގައިވާ މަސައްކަތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.1.   މުވައްޒަފުންގެ ފާޚާނާ މަރާމާތު ކުރުމުގެ މަސައްކަތް

1.2.   މެޖިސްޓްރޭޓް ރޫމުގެ ދޮރާއި ކުޑަދޮރުތަކަށް ބަދަލުގެނައުން އަދި ޝަރީޢަތް ރޫމުގެ ދޮރުތަކަށް ބަދަލުގެނައުމުގެ މަސައްކަތް

1.3.  ގުދަނުގައި ފައިލުރެކް ހެދުމުގެ މަސައްކަތް

 

  1. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

                        I.         ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

                      II.         ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

                     III.         ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

                    IV.         އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- ބީލަން ޙަވާލުކުރުމުގައި އިސްކަންދޭ އުސޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.

  1. މިމަސައްކަތާއި ގުޅޭ ތަފްޞީލް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 އޯގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މަކުނުދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
  2. ބީލަން  ހުށައެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2023 އޯގަސްޓް 29 ވާ އަންގާރަ ދުވަހުގެ 13:15 ގައި މަކުނުދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
  3. މައުލޫމާތު ބައްދަލުވުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ސިޓީ އަދި އަންނަ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަކުނުދޫ މެޖިސްޓްރޭޓް ކޯޓް، ހދ މަކުނުދޫ، ދިވެހިރާއްޖެ،ފޯން: 6520078  ،އީ-މެއިލް: [email protected]

22 އޮގަސްޓް 2023
ހޯދާ