ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދެ އަތޮޅު ފުލިދޫގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް ޢިމާރާތެއް ކުއްޔަށް ހިފުން

ބީލަން ހުށަހެޅުމަށް ދޭ ދަޢުވަތު

ފެލިދެ އަތޮޅު ފުލިދޫގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް ޢިމާރާތެއް ކުއްޔަށް ހިފުން

 

ކުއްޔަށް ހިފާ ފަރާތް: ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ

ޕްރޮޖެކްޓްގެ ނަން: ރަށުގެ ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން.            

ކޮންޓްރެކްޓް ޓައިޓަލް: 1- ރަށުގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް ޢިމާރާތެއް 1(އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްހިފުން

ބީލަން ހުށަހެޅުމަށް ދޭ ދަޢުވަތުގެ އިޢުލާން ނަމްބަރު: (IUL)357-Cf357/357/2023/50

ދަޢުވަތު ދެވިފައިވާ ތާރީޚް: 22 އޯގަސްޓް 2023

 

 

 

  1. ފެލިދެ އަތޮޅު ފުލިދޫގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ބިދޭސީ މުވައްޒަފުން  ބޭތިއްބުމަށް ވ.ފުލިދޫއިން، ފުލީ ފާނިޝްޑް، އެޓޭޗްޓް ފާޚާނާއާއިއެކު ޢިމާރާތްކުރެވިފައިވާ 4(ހަތަރެއް) ކޮޓަރިއާއި، ސިޓިންރޫމަކާއި އަދި ބަދިގެއަކާއި އަދި އަންނައުދޮވެވޭނެ އިންތިޒާމްތައް ހިމެނޭ ގޮތަށް ޢިމާރާތްކުރެވިފައިވާ ޢިމާރާތެއް މި އިދާރާއަށް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ،  ބީލަމުގައި ބައިވެރުވުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. ހުށަހަޅާ ބީލަންތައް ހުންނަންވާނީ ސިޓީ އުރައިގައި ރަނގަޅަށް ބަންދުކުރެވިފައެވެ.  

 

  1. ބީލަން ކުރިއަށް ގެންދާނީ ޤަވާޢިދު ނަމްބަރު: R-20/2017 "ދައުލަތުގެ މާލިއްޔަތު ޤަވާޢިދު"އާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި މި ޤަވާޢިދުގައި ބަޔާން ކުރެވިފައިވާ ގޮތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ޝަރުޠު ހަމަވާ،ދިވެހިރާއްޖޭގެ ބީލަންވެރީންނަށް ހުޅުވާލެވިފައެވެ.

 

  1. ޝައުޤުވެރިވާ އަދި ބީލަމުގައި ބައިވެރުވުމުގެ ޝަރުޠު ހަމަވާ  ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ބީލަން ފޮތް ބައްލަވާލެއްވުމަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އާއި 13:00 ދެމެދު ގުޅުއްވާނީ ތިރީގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ :

ސަމާލުކަމަށް: ޕްރޮކިއުމަންޓް އޮފިސަރ/ ޢަބްދުﷲ ޖަލީލް، ސީނިއަރ ފައިނޭންސް އޮފިސަރ

އެޑްރެސް: ފެލިދެ އަތޮޅު ފުލިދޫ ކައުންސިލް/ގްރައުންޑް ފްލޯރ/ސޯސަންމަގު

އަތޮޅާއި ރަށް: ވ.ފުލިދޫ

ޒިޕް ކޯޑް:10010

ޤައުމު: ދިވެހިރާއްޖެ

ފޯނު ނަމްބަރު:9606706529+

އީމެއިލް: [email protected]

 

 

  1. ޝައުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކަށް ބީލަން ފޮތް ދޫކުރުން:

 

  • ބީލަން ފޮތަށް އެދި އެއްބަސްވުމުގެ ނަން ނުވަތަ ބީލަމުގެ ނަން އެނގޭނޭގޮތަށް މަތީގައިވާ އެޑްރެހަށް ލިޔުމުން (ސިޓީ ނުވަތަ އީމެއިލްގެ ޒަރިއްޔާއިން) ހުށަހަޅަން ވާނެއެވެ.
  • ބީލަން ފޮތް، އީމެއިލްގެ ޒަރީއާއިން ނުވަތަ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން ލިބިލައްވާނެއެވެ. 

 

 

  1. ބީލަންތައް ހުށަހެޅުން:

 

  • ބީލަންތައް ހުށަހަޅާނީ މަތީގައިވާ(4.) އެޑްރެހަށެވެ.
  • ބީލަންތައް ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑި އަކީ" 31 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އެވެ".

ބީލަމުގެ ސުންގަނޑި ހަމަވުމުން، ބީލަން ހުޅުވާ ޖަލްސާގައި ބައިވެރިވުމަށް ޚިޔާރުކުރާ ބީލަންވެރީންގެ މަންދޫބުންގެ ހާޟިރުގައި، ވަގުތުން ބީލަންތައް ހުޅުވޭނެއެވެ.

 

  1. ބީލަން ހުށަހަޅާއިރު ބިޑު ސެކިއުރިޓީއެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

ބީލަންވެރީން،ބީލަންތައް ތައްޔާރުކުރުމާއި، ބީލަން ހުށެހެޅުމަށް ކުރާ އެއްވެސް ޚަރަދަކާއި ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުން ޒިންމާއެއް ނުވާނެއެވެ.

22 އޮގަސްޓް 2023
ހޯދާ