ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމްތަކެއް ހޯދުމާބެހޭ

މިކުންފުންޏަށް ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް 50 (ފަންސާސް) ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2015/011ފ(05 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިނުމުގައި އޮޅުން އަރާކަހަލަ ކަމެއް ހިނގާފައިވާތީ، އެއިޢުލާން ބާޠިލުކުރުމަށްފަހު، މިފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

Hardware and Software Specification of Computer System (Quantity: 50 nos)

Hardware:

 

Monitor

19” LED or LCD

Processor

Core i3

RAM

2GB

Hard Disk

500GB SATA

CD/DVD ROM

Re-Writable

Graphics

Integrated

Audio

Integrated

Mouse

USB

Keyboard

USB

OS

Win 7 [32 bit]

Driver CD

Win 7 [32 bit]

Warranty

Minimum 1 year

Software :

 

 

Windows 7 32bit

 

Microsoft Office 2013

 

Adobe Acrobat x pro

 

Corel Draw 16

 

Winrar

 

Antivirus (Microsoft Security Essentials

 

Fonts

 

Media Player

 

Internet browsers (ie. Chrome, Firefox)

 

Teamviewer

 

Registry Cleaner (ccleaner)

ހުށަހަޅަންވީ ތަކެތި:

  • މިތަކެތި ސަޕްލައިކޮށްދެވޭނެ އަގު: (ލިސްޓުގައިވާ ހުރިހާ ތަކެއްޗަށް އަގު ހުށަހަޅުއްވަންވާނެއެވެ. އަދި ޖީ.އެސް.ޓީ އަށްވާ ޖުމްލަ އަދަދު ވަކިން އެނގޭނެހެން.)
  • ސަޕްލައިކޮށްދެވޭނެ މުއްދަތު:
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • ދައުލަތަށް ދައްކަންޖެހޭ ޓެކްސް ކްލިއަރ ކުރިކަމުގެ ލިޔުން.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން.

އަންދާސީހިސާބުގައި ޕޮއިންޓް ދެވޭ ގޮތް:

  • އަގަށް (ދިވެހިރުފިޔާ) 75 ޕޮއިންޓް

    ހުށަހެޅޭ އެންމެހެޔޮ އަގު / ހުށަހެޅި އަގު  75x

  • ބިލަށް ފައިސާ ދެއްކުމަށް ދެވޭ މުއްދަތު (ދުވަސް) 20 ޕޮއިންޓް

    ފައިސާ ދެއްކުމަށް ދެވޭ މުއްދަތު 20x

  • ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު (ދުވަސް) 5 ޕޮއިންޓް

    ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 5x

އަންދާސީހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

Managing  Director

FenakaCorporationLtd

IulaanNo:FNK-K(T)/FNK/IUL/2015/018

Port Complex.7th Floor

HilaaleeMagu,

Maafannu

Male’

މެނޭޖިންގ ޑިރެކްޓަރ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

އިޢުލާން ނަންބަރު:FNK-K(T)/FNK/IUL/2015/018

ޕޯޓް ކޮމްޕްލެކްސް، 7ވަނަ ފަންގިފިލާ

ހިލާލީމަގު، މާފަންނު

މާލެ

 

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 01 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އޮފީހުގެ ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 01 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚުތިޔާރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރުވެސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3018171 ނަންބަރު ފޯނު މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށެވެ.

04 ޖުމާދަލްއޫލާ 1436

23 ފެބުރުވަރީ 2015
ހޯދާ