ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރެންދޫ ފުޓްބޯޅަދަނޑުގެ ވަށާފާރާއި ފެންސް ޖަހާދޭނެ ފަރާތެއް ބޭނުންވެއްޖެ.

ކުރެންދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރާއި ފެންސް ޖަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)328-RM/INDIV/2022/10(13 ޖޫން 2022) އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލްކޮށް އަލުންމިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ.

       މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލަށްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދި ރަޖިސްޓަރީ ކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

       ވީމާ އެމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 31 އޯގަސްޓް 2023ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރީން މިއިދާރާއަށް ލިއުމަކުން ހުށަހަޅުއްވައިގެން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ނުވަތަ، އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުއްވާނީ procurement@kurendhoo,gov.mv އަށެވެ.

ރަޖިސްޓަރ ކުރެއްވުމަށް ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:   

1-  އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-  ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-  ގުޅޭނެ ފޯނު ނަންބަރު

4-  އީމެއިލް އެޑްރެސް

5-   މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި، އައިޑެންޓިޓީ ކާޑްގެ ސާފު ފޮޓޯކޮޕީއެއް މެއިލްގައި އެޓެޗް ކުރަންވާނެއެވެ.

 

       އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 14 ސެޕްޓެމްބަރ 2023ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލްކުރެއްވުންއެދެމެވެ. ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 6620001 ނަންބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުންއެދެމެވެ.

 

       މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.

22 އޮގަސްޓް 2023
ހޯދާ