ދިވެހިރާއްޖެ
އިޢުލާން
މިކުންފުނީގެ މި ދަންނަވާ ތަކެތި ދުވަހު ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
- ހަލާކުވެފައިވާ 8 ގޮނޑި (ލޯބެކް ޗެއާރ)
މިތަކެތީގެ ނީލަންފެށޭ އަގަކީ 500.00ރ. (ފަސްސަތޭކަ ރުފިޔާ) އެވެ. މި އަގަށް އިތުރުކުރެވޭނީ މަދުވެގެން 100.00ރ. (ސަތޭކަ ރުފިޔާ) އެވެ.
ވީމާ، މި ތަކެތީގެ ނީލަމުގައި ބައިވެރިވެއްލައްވަން އެދިލައްވާ ފަރާތްތަކުން އެތަކެތި ބައްލަވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ހުށަހަޅުއްވާ އެންމެ މަތީއަގު ސިޓީއުރައެއްގައި ބަންދުކޮށް 2015 ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މި ނީލަން ނިމޭތާ ގިނަވެގެން 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތިގެންގޮސް ތަން ސާފުކުރައްވަން ވާނެއެވެ. މި މުއްދަތުގައި މިތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލްކޮށް އަލުން އެތަކެތި ނީލަމަށް ލެވޭނެއެވެ. އަދި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދަންނަވަމެވެ.
29 ރަބީޢުލްއާޚިރު 1436