ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ބިދޭސީން ގެނައުމާބެހޭ

އިޢުލާން

ވަޒީފާދޭ ފަރާތުން އެފަރާތްތަކުގެ ވަޒީފާއަށް ބިދޭސީން ގެނައުމަށް އެކި ފަރާތްތައް މެދުވެރިކޮށް އޮންލައިން ސިސްޓަމުން ރިލޭޝަންޝިޕް ހައްދައިދެވެއެވެ. މި ރިލޭޝަންޝިޕް ހައްދައި ދެވެނީ ވަޒީފާދޭ ފަރާތުގެ އެދުމުގެ މަތީން އެފަރާތުގެ ވަޒީފާއަށް ބިދޭސީން ގެނައުމަށް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކުރަންޖެހޭ އެންމެހައި މުޢާމަލާތުކުރުމުގެ ފުރިހަމަ އިޚުތިޔާރާއި ބާރު ބިދޭސީން ވަޒީފާއަށް ގެނައުމުގައި މެދުވެރިކުރާ ފަރާތްތަކަށް ދިނުމަށްފަހުގައެވެ.

ބިދޭސީންގެ މައްސަލަތަކާ ގުޅިގެން ވަޒީފާދޭ ފަރާތާއި ސުވާލުކުރުމުން، ބިދޭސީމީހާ ގެނެވިފައިވަނީ އެފަރާތުގެ އެނގުމަކާނުލާކަން ބުނަމުންދާކަން ފާހަގަ ކުރެވިފައިވެއެވެ. އެހެންކަމުން މިފަދަ މައްސަލަތަކާ ގުޅިގެން، ބިދޭސީމީހާ ވަޒީފާއަށް ގެނައިކަމަށް އިމިގްރޭޝަންގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުން އެފަރާތްތަކުން ޝަކުވާ ހުށަހަޅަމުން ދެއެވެ. މީގެ އިތުރުން ބިދޭސީން ގެނައުމަށް ޖާމިނުކުރުވާފައިވާ ފަރާތްތަކުން ވަޒީފާދޭ ފަރާތަށް އެނގުމަކާ ނުލައި ބިދޭސީން ގެނެސް އެމީސްމީހުން މަގުމައްޗަށް ދޫކޮށްލަމުންދާކަމުގެ ޝަކުވާ ހުށަހަޅާ މިންވަރުވެސް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މިފަދަ ކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުންނެވެ. މިފަދަ ކަންތައްތައް ހުއްޓުވުމަށް، އިމިގްރޭޝަނުން އޮންލައިން އެކައުންޓް ދޫކޮށްފައިވާ ފަރާތްތަކުން ތިރީގައިވާ ކަންތައްތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރަމެވެ.

  • ބިދޭސީން ގެނައުމާއި، ޖާމިނުކުރާ ފަރާތްތަކަކީ އިތުބާރު ކުރެވޭ ފަރާތްތަކެއްކަން ޔަގީންކުރުން.
  • ވަޒީފާއަށް ގެނައުމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުން ބިދޭސީން ގެނައުމަށް މެދުވެރިކުރާ ފަރާތާއި ރިލޭޝަންޝިޕް ހެދުމަށްފަހު ގަވާއިދުން ސިސްޓަމަށް ލޮގިންވެ ބަލަމުން ދިއުން.
  • އޮންލައިން ސިސްޓަމުން ކޯޓާއަށް ރިކްއެސްޓް ކޮށްފައިވާ އަދަދާއި ތިމާބޭނުންވާ އަދަދަށްވުރެ އިތުރުނުވާކަން ޔަގީންކުރުން.
  • އެކިއެކި ސަބަބުތަކާއި ގުޅިގެން އެކްސްޕެޓް އޮންލައިން ސިސްޓަމް ބޭނުން ކުރުމުގައި އުޒުރުވެރިވާ ފަރާތްތަކުގެ ތެރެއިން، ބިދޭސީން ގެނައުމަށް މެދުވެރިން ޖާމިނުކުރުވާ ފަރާތްތަކުން މިޑިޕާޓްމަންޓުގެ ހޮޓްލައިން ނަންބަރު 9199158 އާ ގުޅުއްވައިގެން އެފަރާތްތަކުގެ ނަމުގައި ހިންގާ މުޢާމަލާތްތަކާބެހޭ މަޢުލޫމާތު އޮޅުން ފިލުވަމުން ދިއުން. 

27 ރަބީޢުލްއާޚިރު 1436

17 ފެބުރުވަރީ 2015
ހޯދާ