ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށީގެ އާންމު ސަރަހައްދު ތަކުގައި ބަހައްޓާފާހުރި އެކިއެކި ވެހިކަލްތަކާއި އެހެނިހެންވެސް މުދަލާއި ސާމާނާއި ތަކެއްޗާބެހޭ

އިޢުލާން

ތިލަފުށީގެ އަލަށް ހިއްކާފައިވާ ޞިނާޢީ ބިމުގެ އާންމު ސަރަހައްދުތަކުގައާއި އަދި މުޅި ތިލަފުށީގެ އާންމު ސަރަހައްދު ތަކުގައި ބަހައްޓާފާހުރި އެކިއެކި ވެހިކަލްތަކާއި އެހެނިހެންވެސް މުދަލާއި ސާމާނާއި ތަކެތީގެ ވެރިފަރާތުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ތިލަފުށީގައި ހުންނަ މިކުންފުނީގެ ސައިޓް އޮފީހާއި ގުޅުއްވައިގެން އެތަކެތި ނެންގެވުމަށް އަންގާ އިޢުލާން ކުރީމެވެ.

މި މުއްދަތުގެ ތެރޭގައި ނުނަންގަވާ ހުންނަ މިދެންނެވި ތަކެތި މިކުންފުނީގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ. އަދި، މިކުންފުނީގެ ބެލުމުގެ ދަށަށް މިގޮތަށް ގެނެވޭ ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް މިކުންފުނިން ޒިންމާ ނުވާނެ ވާހަކަވެސް ދެންނެވީމެވެ. އަދި، މިތަކެތި ދެން ދޫކުރެވޭނީ މިތަކެތި އެފަދަ ތަންތަނުގައި ބަހައްޓާފައި ހުރުމުން މިކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު މިކުންފުނިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ދެއްކުމުންނެވެ.

29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015
ހޯދާ