މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގިރާސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް

މިރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމާއި ހަވާލުވެފައިވާ ކޮންޓްރެކްޓަރ ވަނީ މި މަސައްކަތަށް މޮބަލައިޒްޑްވެފައެވެ. އަދި މި ޕްރޮޖެކްޓްގެ މަސައްކަތުގެ ސްކޯޕްގައި ހިމެނިގެން ތިރީގައި މި ދަންނަވާ މަސައްކަތްތައް ރަށުގައި ހިނގަމުންދާތީ، ރައްޔިތުންގެ އެއްބާރުލުމާއި ސަމާލުކަމަށްޓަކައި ދެންނެވީމެވެ. އަދި މަސައްކަތްތަކަށް ދަތި ނުވާނޭ ފަދަ ގޮތަކަށް ޢަމަލުކުރެއްވުމަށް އިލްތިމާސްކުރަމެވެ.

1)      ޕްރޮޖެކްޓް މަސައްކަތު ސައިޓް

2)      ރަށުގެ އުތުރު ފަރާތުގެ ކޮމިއުނިޓީ ބީޗާއި ގުޅިގެން ތަރައްގީކުރެވޭ [ސްވިމިންގ ޓްރެކް] ހަދާން ކަޑައަޅަފައިވާ ސަރަޙައްދު ގައި ކަޑަ ޖެހުމާއި މި ސަރަހައްދު ފުން ކުރުމުގެ މަސައްކަތްތައް

3)      ދެކުނު ފަރާތު ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް

4)      އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން ހިއްކުމާއި، ބަނދަރުން އެ ސަރަހައްދަށް ދިއުމަށް ބޭނުންކުރާ ޗެނަލް ފުންކުރުމުގެ މަސައްކަތް.

މި އިއުލާނާއި އެކު އެ ސަރަހައްދުތައް އެނގޭނޭ ޗާޓެއްއާންމުކުރެވިފައި ވާނެއެވެ.

20 އޮގަސްޓް 2023
ހޯދާ