ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެވެރިފަރާތް ހޯދުމާއިގުޅޭ:

          ލ. އިސްދޫ / ރަތްވިލާގެ، ހަސަން ޒަރީރަށް ދޫކޮށްފައިވާ ގޯތީގައި ހުރި ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށްޓަކައި، އެރުއްގަހުގެ ވެރިން ހޯދުމަށް އެގޯތީގައި ހުރި ރުއްތަކުގައި ނޫކުލައިގެ ދަވާދުން، 01 އިން 07 އަށް (ހިސާބު އަކުރުން)، އަދި އެ ގޯތީގައިހުރި ގަސްތަކުގައި ނޫކުލައިގެ ދަވާދުން، 01 އިން 02 އަށް (ހިސާބު އަކުރުން)، މިހާރުވާނީ ނަމްބަރު ޖަހައިފައެވެ.  

           ވީމާ، މަތީގައި ބަޔާންކޮށްފައިވާ ރުއްގަހުގެ ވެރިން، އެރުއްގަހުގައިވާ ނަންބަރު ނޯޓު ކޮށް، "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، 24 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މި ކައުންސިލަށް  ފޯމް ހުށަހެޅުއްވުން އެދެމެވެ. ދަންނަވާފައިވާ ތާރީޚުގެ ފަހުން، ރުއްގަހުގެ ބަދަލު ހޯދުމަށްއެދި ހުށައަޅާ ފޯމްތަކަށް ބަދަލުދެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ. އަދި އެތަނުގައި ނަގައިގެން ގެންދެވޭފަދަ ރުއްގަހާއި، ތަކެތި ހުރިނަމަ މިމުއްދަތުގެތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. 

         "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މި ކައުންސިލްގެ ކައުންޓަރ އިން ލިބެންހުންނާނެވާހަކަ ދަންނަވަމެވެ.

20 އޮގަސްޓް 2023
ހޯދާ