މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ޔުނީފޯމަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ

މިސަރވސްގެ އޮފިސަރުން އަޅާ ޔުނީފޯމަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ:

މި ސަރވިސްގެ އޮފިސަރުން އަޅާ ޔުނީފޯމަށް ބޭނުންވާ ތަކެތި މި ސަރވިސްއިން ދައްކާ ސާމްޕަލާ އެއްގޮތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ތަކެތި ސަޕްލައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މިއޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

23 ފެބުރުވަރީ 2015

ހޯމަ

12:00

އަންދާސީހިސާބު ހުށަހެޅުއްވުން

25 ފެބުރުވަރީ 2015

ބުދަ

12:00

28 ރަބީޢުލްއާޚިރު 1436

18 ފެބުރުވަރީ 2015
ހޯދާ